ޗިލީ ގާލިކް ފަރަޓާ އަކީ ކުޅި ރިހަ ނުވަތަ އެނޫންވެސް ކުޅި އެއްޗަކާ އެއްކޮަށް ކާލަން މީރު އެއްޗެކެވެ. ދިވެހިންގެ ގިނަ ސުފުރާތަކުން ފެންނަމުންދާ މި ފަރަޓާ އަކީ ގިނަ ބައެއްގެ ތެރޭގައި މަގުބޫލު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
.1 ޖޯޑު ފުށް
.ލޮނު (ރަހަލާ ވަރަށް)
.1 ސަމުސާ މުގުރި މިރުސް
.ކޮރިއެންޑާ (2 ސަމްސާ އަށްވާ ވަރަށް ކުދިކޮށް ކޮށާފައި)
.3 ލޮނުމެދު (ގާނާފައި)
.1 ސަމްސާ މެލްޓެޑް ބަޓަރ
.1 ޖޯޑު ފެން
ތައްޔާރު ކުރާނެ ގޮތް:
.އެންމެ ފުރަތަމަ ތައްޓަކަށް ފުށް، ލޮނު، މުގުރި މިރުސް، ކޮރިއެންޑާ ފަތް، ލޮނުމެދު އަދި މެލްޓެޑް ބަޓަރ އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާނީއެވެ.
.އޭގެތެރެއަށް ފެން އަޅާލާ ރަނގަޅަށް ގިރާލާނީއެވެ. ރަނގަޅަށް ގިރާލުމަށްފަހު ފަސް ވަރަކަށް މިނިޓް ވަންދެން މަތިޖަހާފައި ބަހައްޓާށެވެ.
.ތަވައެއްގައި ކުޑަ ތެޔޮ ފޮދެއް އުގުޅާލުމަށްފަހު ތައްޔާރުކުރި ފުށް ބޮޑު ސަމްސާ އެއް ނަގާ ރޮއްޓެއްގެ ބޮޑުމިނަށް ތަވާގައި ތުނިކޮށް ފަތުރާލާށެވެ.
.ރަގަޅަށް މުޝިކުލަ އަރަންދެން ފިހެލާށެވެ. އޭރުން ޗިލީ ގާލިކް ފަރަޓާ ތައްޔާރުކުރެވުނީއެވެ.
