އެއްބައިރޭ ރޭ ބޮކި ވަށާ އުދުހި އުދުހި އުޅެނީ ކޯޗެއްކަން އެނގޭތޯއެވެ؟ އެއީ ކަތުރުފަނި ކަން އެނގެނީ ކިތައްމީހުންނަށްބާ؟ މިފަހަރު މި ބަލާލަނީ ލަކުޑި އެއްޗެހި ވީރާނާ ކުރާ މި ގްރޫޕްގަނޑުގެ ކުރު ހަޔާތާއި ބެހޭ މައުލޫމާތުކޮޅެއްގެ މައްޗަށެވެ. ކަތުރުފަނީގެ ރާނީ މުޅިއެކު މިލިއަނެއްހާ ބިސް އަޅަ އެވެ. ހުއިފިލަނޑާއެއް ގޮތަށް ހުންނަ މި އެތީގެ ދިގުމިނުގައި 11 ސެންޓިމީޓަރު ހުރެއެވެ.
އެހެނަސް، މި ކަތުރުފަނިތައް ގައުމެއްހާ ބޮޑުމިން ހުންނަ ކޮލޮނީތައް ހަދަ އެވެ. މީގެ ކޮންމެ ކޮލޮނީއެއްގެ ވެރިއަކަށް އެެއް ރާނީއެއް ހުންނާނެ އެވެ.
ކަތުރުފަނީގެ ރާނީ ދުވާލެއްގެ މައްޗަށް 30،000 އެއްހާ ބިސް އަޅަ އެވެ. މި ރާނީގެ ހަމައެކަނި ޒިންމާއަކީ ބިސް އެޅުމެވެ. އޭތި 15 އަހަރުވަންދެން މި ނޫން އިތުރު މަސައްކަތެއް ނުކުރާނެ އެވެ. ކޮންމެ ތިން ސިކުންތަކުން ތިން ސިކުންތަކުން މި ކަތުރުފަނި ބިސް އަޅާ ހަދާނެ އެވެ. އޭތި އަޅާ ބިސްތައް ނަގައި ހާލިއަށް ގެންދިއުމަށާއި އެއަށް ބޭނުންވާ ކާނާ ހޯދަދޭން އެތައް ހާސް ކަތުރުފަންޏެއް އެއަށް 24 ގަޑިއިރު ހިދުމަތް ކުރެ އެވެ. އެ އެއްޗަށް އަމިއްލައަށް ހެލިފެލިވެ އުޅުމުގެ ބާރެއްވެސް ލިބިފައިނުވެ އެވެ. އޭތި މަރުވުމަށްފަހު، ބުންވަރު ހޯދުމުގެ ބޭނުމުގައި އެހެން ކަތުރުފަނިތައް އޭތި ކައިހަދަ އެވެ. ދެން ކަތުރުފަނިތައް ކައި އުޅެނީ ލަކުޑި އެވެ. ލަކުޑި ތެރޭގައި ހިމެނޭ ސެލޫލޯސް މާއްދާއެއް މިއީ އެ އެއްޗެހި ހަކަތަ ހޯދާ މައިގަނޑު ގޮތެވެ. އޭގެއިން ލަކުޑި ހަލާކުކުރުމަށް ފަސޭހަކޮށްދެ އެވެ.