ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްޞަ ހޮޓްލައިނެއް ގާއިމިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ ފަރާތުން މިފަދަ ހޮޓްލައިނެއް ގާއިމުކޮށްފައި މިވަނީ ދަނޑުވެރިކަމުގެ ފަންނީ މަޢުލޫމާތު ވީހާވެސް ލުއިފަސޭހަކޮށް ދަނޑުވެރިންނަށް ފޯރުކޮށް ދިނުމުގެ މަޤުސަދުގައެވެ.
މިކަމަށްޓަކައި އެމިނިސްޓްރީން ގާއިމްކޮށްފައިވާ ހޮޓްލައިންގެ ޚިދުމަތް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން 14:00 އާއި ދެެމެދު ލިބިލައްވާނެއެވެ.
ހޮޓްލައިން ނަމްބަރުގެ ގޮތުގައި ހާމަކޮށްފައިވާ ނަމްބަރަކީ 3339237 އެވެ.
