ޗޮކްލެޓް ސްމޫތީއަކީ ރޯދަ ވީއްލާ ގަޑީގައި ބޯލުމަށް ވަރަށް ކަމުދާނެ އަނގައަށް މީރު ބުއިމެކެވެ.
ބޭނުންވާ ތަކެތި:
1 ވަށް ދޮންކެޔޮ
3/4 ޖޯޑު ޗޮކުލެޓް އައިސްކްރީމް
3/4 ޖޯޑު ޗޮކުލެޓް މިލްކް
2 މޭޒުމަތީ ސަމްސާ ޗޮކުލެޓް ސޯސް
6 އައިސްކިއުބް
ކޮކޯ ޕައުޑަރ
ތައްޔާރުކުރާނެ ގޮތް:
ދޮންކޭލާއި އައިސްކްރީމް އަދި ޗޮކްލެޓް މިލްކް، އައިސް ކިއުބާއެކު މިކްސަރަށް އަޅައި އޮލަވަންދެން ގިރާށެވެ. ފެން ބޯ ތަށްޓަކަށް ޗޮކްލެޓް ސޯސް އަޅައި ޑެކަރޭޓް ކޮށްލާށެވެ. ގިރާލި ސްމޫތީފޮދު ތަށްޓަށް އަޅާލާށެވެ. ސްމޫތީގެ މައްޗަށް ކޮކޯ ޕައުޑަރ ކޮޅެއް އަޅާލުމުން ޗޮކްލެޓް ސްމޫތީ ތައްޔާރުކޮށް ނިމުނީއެވެ.