ބޭނުންވާ ތަކެތި
- 2 މޭޒުމަތީ ސަމްސާ ކައްކާ ތެޔޮ
- 1 ސައިސަމްސާ ލޮނުމެދު (ގާނާފައި)
- 1 ފިޔާ، ހިމުންކޮށް ކޮށާފައި
- 350 ގ. ކުކުޅު، ކުދިކޮށް ކޮށާފައި
- 1 މޭޒުމަތީ ސަމްސާ ތަންޑޫރީ މަސާލާ
- 1 ސައިސަމްސާ މިކްސްޑް ހާބްސް (ބަދަލުގައި އިޓޭލިއަން ސީޒަނިން، ޕްރޮވެންސް ހާބްސް ނުވަތަ އޮރެގާނޯ ބޭނުންކުރެވިދާނެ)
- 1/2 ސައިސަމްސާ ހިކި މިރުސް (މުގުރާފައި)
- 2-3 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް
- 1 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
- 3/4 ޖޯޑު ޗިކަން ސްޓޮކް
- 300 ގ. ޕާސްޓާ
- ގާނާފައިވާ ޗީޒް (އިހްތިޔާރީ)
ތައްޔާރުކުރަންވީ ގޮތް
ޕާސްޓާ ޕެކެޓްގެ ބޭރުގައި އިރުޝާދުދީފައިވާ ގޮތަށް ޕާސްޓާ ކެއްކުމަށްފަހު އެއްފަރާތުގައި ބަހައްޓާށެވެ. އެއަށްފަހު ތެއްޔެއްގައި ތެޔޮފޮދު ހޫނުކުރުމަށްފަހު ލޮނުމެދާއި ފިޔާ ރަތްކޮށްލާށެވެ. ދެން ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާފައި ކުކުޅު މަޑުވަންދެން ކައްކާށެވެ. އޭގެ ތެރެއަށް ތަންޑޫރީ މަސާލާއާއި މިކްސްޑް ހާބްސްއާއި މުގުރާފައިވާ ހިކި މިރުސް އަޅާށެވެ. ދެން، ޓޮމާޓޯ ޕޭސްޓާއި ލުނބޯ ހުތާއި ޗިކަން ސްޓޮކްވެސް އޭގެ ތެރެއަށް އަޅާލާށެވެ. ކުކުޅުކޮޅު ރަހަ ހެޔޮވަރުކުރުމަށް ލޮނު އެޅުމަށްފަހު ޕާސްޓާއާއި އެއްކޮށްލާށެވެ. އަދި ޕާސްޓާގެ ތެރެއަށް ގާނާފައިވާ ޗީޒް އަޅައިގެން 2 މިނިޓް ވަންދެން މަޑު ގިނީގައި އުނދުން ބަހައްޓައިގެން ކައްކާލުމުން މިހާރު ޕާސްޓާ ވާނީ ތައްޔާރުކުރެވިފައެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން