އެމެރިކާގެ ފްލޮރިޑާގައި، ގަހަނާ ވިއްކާ ފިހާރައަކުން ވައްކަންކުރަން އުޅުނު 43 އަހަރުގެ ފިރިހެނަކު، އެ ގައުމުގެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ވައްކަމުގެ ވާހަކަ މީޑިއާތަކަށް ތިލަވެ ގިނަބައެއްގެ ޝައުގުވެރިކަން އުފެދުނީ ވަގުކަލޭގެ ވަގަށްނެގި ގަހަނާތައް ކާލުމުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ފްލޮރިޑާގެ ގަހަނާ ވިއްކާ ފިހާރައެއްގައެވެ. ފިހާރައިގެ ސީސީޓީވީ ކެމެރާއިން، މި ފިރިހެނާގެ ކިބައިން ޝައްކުކުރެވޭ ފަދަ ޢަމަލުތަކެއް ފެނުމުން، ފިހާރައިގެ ސޭލްސްމަނު ވަނީ ސެކިއުރިޓީއަށް އަންގައި އަދި ފުލުހުންނަށްވެސް ގުޅައި ރިޕޯޓުކޮށްފައެވެ.
ފުލުހުން ފިހާރައަށް އައިސް ވަންނަތަން ފެނުމުން، މި ފިރިހެނާ ވަނީ އަތުގައި އޮތް ގަހަނާތައް އަނގައަށްލައި ދިރުވާލާފައެވެ. ފުލުހުން އޭނާ ހައްޔަރުކުރުމަށްފަހު، ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ހޮސްޕިޓަލުގައި ނެގުނު އެކްސްރޭއިން ދައްކާގޮތުގައި، އޭނާގެ މައިދާގައި ކަންފަތުލާ މުދީގެ ދެ މުދި އޮތެވެ. ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރުން ވަނީ އޭނާއަށް ބޮޑުގުންބާ ދީ، ބޮޑުކަމު ފާޚާނާއަށް ދިއުމަށް އެހީތެރިވެފައެވެ. އަދި ފާހާނާއަށް ދެވުމާއި އެކު އެ ދެ ގަހަނާކޮޅުވެސް ވަނީ ހޯދާފައެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، މި ގަހަނާތައް ވަނީ ފިހާރައިގެ ވެރިންނާ އަނބުރާ ހަވާލުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ އިތުރު ތަޙުޤީޤުތައް ކުރަމުންނެވެ. ބައެއް އާއްމުން ބުނާ ގޮތުގައި އެ ގަހަނާތައް އަލުން ވިއްކަން ލައިގެން ނުވާނެއެވެ. އެހެނަސް މަލާމާތަށް ބުނާ ބައެއް މީހުން ބުނާގޮތުން އެ ގަހަނާތައް ބޮޑުއަގުގައި ނީލަން ކިޔާނެ މީހުންވެސް މަދެއް ނުވާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން