އަފްގާނީ ޗިކަން ޓިއްކާ 

ބޭނުންވާ ތަކެތި:

ފިޔާ މަސާލާ ޕޭސްޓް:

- މެދުމިނުގެ ފިޔާއެއް (75-80 ގ)

އިނގުރު (10 ގ)

ލޮނުމެދު 8 އަރި

ތޮޅި މިރުސް

3 މޭޒުމަތީގެ ކޮރިއަންޑާ ފަތް

މެރިނޭޝަން 

ފިޔާ މަސާލާ ޕޭސްޓް

ޔޯގަޓް- (ފޮނިނުކުރާ) -120 އެމްއެލް

ކްރީމް- 5 މޭޒުމަތީ ސަމްސާ

ލުނބޯ ހުތް - 2 ސައިސަމްސާ

އަސޭމިރުސް ޕައުޑާ- 1/2 ސައިސަމްސާ

ފެނުގްރީކް ފަތް (1.5 ސައިސަމްސާ، ހިމުންކޮށްފައި)

ގަރަމް މަސާލާ ޕައުޑާ

އެހެނިހެން:

3 މޭޒުމަތީ ސަމްސާ ތެޔޮ

ގިތެޔޮ -1 މޭޒުމަތީ ސަމްސާ

ޗާކޯލް (ބާބެކިއު ފްލޭވާ ގެނެސްދޭން)

ތައްޔާރުކުރަންވީ ގޮތް

ފިޔާ، އިނގުރާއި އަލުވި ކިއުބްކޮށް ކޮށާލާށެވެ. ޕޭސްޓަށް ބޭނުންވާ ހުރިހާ އެއްޗެއް ބްލެންޑަރ/ގްރައިންޑަރަކަށް އަޅާފައި ދިޔާވަންދެން މިކްސް ކޮށްލާށެވެ.

ބޯންލެސް ކުކުޅު ކޮށާލުމަށްފަހު މިތަކެތި ތަށިގަނޑަކަށް އަޅާށެވެ. ކުކުޅު ހަވާދުގަނޑަށް ބޭނުންވާ ހުރިހާ އެއްޗެއް އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. ގާތްގަނޑަކަށް 1 ގަޑިއިރުވަންދެން ބޯތަށްޓަކަށް އަޅައިގެން ކުކުޅު މެރިނޭޓްވުމަށް އެއްފަރާތްކޮށްލާށެވެ. ތެއްޔެއްގައި ތެޔޮ ހޫނުކޮށްލުމަށްފަހު މެރިނޭޓްކޮށްފައިވާ ކުކުޅުތައް އޭގައި ފިހެލާށެވެ. ގާތްގަނޑަކަށް 9-10 މިނިޓް ވަންދެން މެދު ހޫނުމިނެއްގައި ކުކުޅުކޮޅު ކައްކާށެވެ. ކުކުޅުކޮޅު މުށިކުލައަށް ބަދަލުވަންދެން ކައްކަން ވާނެއެވެ. މެދު ހޫނުމިނެއްގައި 4-5 މިނިޓް ވަންދެން ކުކުޅު ފިހެލާށެވެ. 200 މިލިލީޓަރުގެ ފެން އަޅާފައި ރަނގަޅަށް ހަލުވާލާފައި ކުޑަ ގިނީގައި ގާތްގަނޑަކަށް 7 މިނިޓް ވަންދެން ކައްކާށެވެ.
ކުކުޅުކޮޅު ތެރެއަށް 1/4 ސައިސަމުސާގެ ގަރަމް މަސާލާ އަޅާފައި އަނެއްކާވެސް 2-3 މިނިޓް ވަންދެން ކައްކާލާށެވެ.

 ގޭސް އުނދުން ރޯކޮށްފައި ކުޑަ ޗާކޯލް ކޮޅެއް އަލިފާނާއި ދިމާލަށް ދިއްކޮށްލާށެވެ. އޭގެ ފަހުން ދަގަނޑު ތަށި ނުވަތަ ތަށިގަނޑެއްގެ ބައްޓަމަށް ހުންނަ އެލްމިނިއަމް ފޮއިލްގަނޑެއްގެ ތެރެއަށް އެ ޗާކޯލްކޮޅު އަޅާފައި އެ ތަށިގަނޑު ކުކުޅު ރިހައިގެ މެދުގައި ބަހައްޓާށެވެ. ޗާކޯލްގެ ތެރެއަށް ކުޑަ ގިތެޔޮ ކޮޅެއް އަޅާފައި ތެލީގެ މަތިގަނޑު ރަނގަޅަށް ބަންދުކޮށްލާށެވެެ. ގާތްގަނޑަކަށް 15 މިނިޓް ވަންދެން ޗާކޯލްގަނޑުން ކުކުޅު ކައްކަން ދޫކޮށްލާށެވެ. އޭގެ ފަހުން އުނދުން ނިވާލާފައި އާވިކަން ކެނޑުނީމަ ޗާކޯލް ތަށިގަނޑު ތެލިން ނަގާލާށެވެ. މިހާރު އަފްޣާނީ ޗިކަން ޓިއްކާ ހުންނާނީ ތައްޔާރުވެފައެވެ.