ދެ ޖިންސުގެ ފަރާތްތަށް ހުރިހާ ކުޅިވަރެއްގައި ވެސް ބައިވެރިވެއެވެ. ހަމަ އެފަދައިން ހުރިހާ އުމުރު ފުރާއަކުން ވެސް ކުޅިވަރުތަކުގައި ސާމިލުވެގެން އުޅެއެވެ. ވަކި ޖިންސަކަށް ވަކި އުމުރު ފުރައަކަށް ޚާއްސަ ކުޅިވަރެއް ނެތް މިޒަމާނުގައި ވެސް ވަކި ބަޔަކަށް ކުޅިވަރެއް މަނާ ވެފައި އޮންނަކަށް އެނގޭ ހެއްޔެވެ. އެއީ ކޮން ކުޅިވަރެއް ހެއްޔެވެ.
އާދެ! އެ ކުޅިވަރަކީ ޕޯލޯ އެވެ.
ޕޯލޯ މީ ދުނިޔޭގެ އެންމެ ޒަމާންވީ ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެކެވެ. މި ކުޅިވަރު ކުޅެނީ އަސްމަތީގައެވެ. ދެ ޓީމު މެދުގައި ކުޅޭ މި ކުޅިވަރު އެކެއް ނުވަތަ ދެ ގަޑި އިރަށް ދެމިގެން ދެއެވެ. މި ކުޅިވަރުގައި ޓީމެއްގައި ތިބެނީ ހަތަރު ކުޅުންތެރިންނެވެ.
މި ކުޅިވަރު ކުޅެނީ އަސް މަތީގައި ހުރެގެންނެވެ. މި ކުޅިވަރު ކުޅުމުގައި އަހުގައި ހުންނަ މީހުން ބޯޅަ ޖެހުމަށް މަރުތޭލެއްގެ ބައްޓަމަށް ތައްޔާރުކޮށްފައި ހުންނަ ދަނޑިގަނޑެއް ގެންގުޅެއެވެ.
މި ކުޅިވަރަކީ އިރާނުން ތައާރަފުވެގެން އައި ކުޅިވަރެކެވެ. 1900 އިން ފެށިގެން 1936 ވަނަ އަހަރާއި ހަމައަށް މި ކުޅިވަރަކީ އޮލިންޕިކްސް ގައި ވެސް ކުޅެމުން އައިސްފައިވާ ކުޅިވަރެކެވެ. މިހާރު ދުނިޔޭގެ 100 އަށް ވުރެ ގިނަ ގައުމުތަކުގައި މި ކުޅިވަރު ކުޅެމުން ގެންދެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން