ފެހި ކުލައިގެ ޕިސްޓާޝިއޯ ބަދަން އަޅާފައިވާ ދުބާއީ ޗޮކްލެޓް ނުވަަތަ އަރަބިން އާންމުކޮށް ބޭނުންކުރާ ކުނަފާ ޕޭސްޓްރީއިން ވުޖޫދުވި މި ޗޮކްލެޓަކީ އަގުބޮޑުވެފައި ޑިމާންޑް ބޮޑުވެފައިވާ ޓްރެންޑެކެވެ. މިދިޔަ އަހަރު ވައިގައި ހިފި މި ޗޮކްލެޓަކީ މިހާރު ދިވެހިންނަށްވެސް ބީރައްޓެހި އެއްޗެއް ނޫނެވެ. ދިވެހި ފިހާރަތަކުގައި ވަރުވަރަށް އަގުކިޔާފައި ވިއްކާ މި ޗޮކްލެޓްގެ ރެސިޕީ ދިވެހި ބަދިގެތަކުންވެސް މިހާރު ކައްކަމުންދެއެވެ. 

ކްރީމީ ފެހިކުލައިގެ ޕިސްޓާޗިއޯ ފިލިންގް އެއް އަޅާފައިވާ ޗޮކްލެޓް ބާއަކަށް ގަބޫލުކުރަން ދަތި ވަރުގެ މަގުބޫލުކަމެއް ލިބިފައިވަނީ ސޯޝަލް މީޑިއާ ސައިޓުގައި ހިއްސާކުރި ވީޑިއޯ ކްލިޕްތައް ޓިކްޓޮކްގައި އިޝްތިހާރުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނެވެ. އަގުބޮޑު “ދުބާއީ ޗޮކްލެޓް” ކިޔާ އެއްޗެއްގެ ރަހައަށް ތައުރީފުކުރާ ފުރަތަމަ ވީޑިއޯއެއް 2023 ވަނަ އަހަރު ނިމުނުއިރު ޕޯސްޓްކޮށްފައި ވެއެވެ. އޭގެ ފަހުން ދުބާއީގެ ބުރުޖް ހަލީފާ ވައްޓާލާ، ދުބާއީ ޗޮކްލެޓް ވަނީ އެންމެންގެ ލޯތަކާއި އަނގައިން ޖާގަ ހޯދާފައެވެ.

އަރަބި ފޮނިކާއެއްޗެއް ކަމުގައިވާ ކަޓައިފިއާ އާދައިގެ ޗޮކްލެޓާއި އެއްކޮށްލައިގެން ހަދާފައިވާ ދުބާއީ ޗޮކްލެޓް އެންމެ ފުރަތަމަ ދުނިޔެއަށް ތައާރަފްކުރީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ފިކްސް އިން ނެވެ. ފިކްސް އިން މި އުފެއްދުން ތައާރަފްކުރީ "ކާންޓް ގެޓް ކްނާފޭ އޮފް އިޓް" ގެ ނަމުންނެވެ. އޭގެ ފަހުން މި އުފެއްދުން އަމިއްލަ ކުރި ލިންޑްޓް ފަދަ ބޮޑެތި ކުންފުނިތަކުން މިހާރު ދަނީ ޑިމާންޑާއި އެއްވަރަށް ދުބާއީ ޗޮކްލެޓް އުފެއްދޭނެ ފަދައެއް ނެތިގެންނެވެ. ބޭރުގެ ބައެއް ފިހާރަތަކުން މިހާރު ދަނީ ދުބާއީ ޗޮކްލެޓް އެއްފަހަރާއި މުޅިއެކު ނުވިއްކާ، އެކަތިން އެކަތި ކޮންމެ ކަސްޓަމަރަކަށް ވިއްކަމުންނެވެ.  

އެހެނަސް، މި ޓްރެންޑްގެ ސަބަބުން ދުބާއީ ޗޮކްލެޓް ވިޔަފާރިކުރާ މީހުންނަށް ފަތުއަޑު ކިޔާފައި ފައިދާ ކުރިނަމަވެސް ދުނިޔޭގެ ޕިސްޓާޝިއޯ ސަޕްލައިއަށްވެސް ބޮޑު ތަދެއް ކުރިމަތިވާން މެދުވެރިވިއެވެ. އެމެރިކާ ނުވަތަ އީރާނުގައި ގިނައިން އުފައްދާ މުހިންމު ބަދަނެއް ކަމަށްވާ ޕިސްޓާޝިއޯ، ދުނިޔޭގެ ބާޒާރުން ހުސްވާން ގާތްވެއްޖެ ކަމަށް ބައިނަލްއަގްވާމީ ވިޔަފާރީގެ ހަބަރުފަތުރާ ވަސީލަތްތަކުން ދާދި ފަހުން ރިޕޯޓްކުރަން ފަށާފައި ވެއެވެ. އަހަރެއްގެ ތެރޭގައި ޕިސްޓާޝިއޯ ޕައުންޑެއްގެ އަގު 7.65 ޑޮލަރުން 10.30 ޑޮލަރަށް އުފުލިފައިވާ ކަމަށް ފުޅާ ދާއިރާއެއްގައި ޕިސްޓާޝިޔޯ ވިޔަފާރިވެރިކުރާ ކުންފުނި ސީޖީ ހެކިން، ފައިނޭންޝަލް ޓައިމްސް އަށް ބުނެފައި ވެއެވެ.

ދުނިޔޭގައި އެންމެ ގިނައިން މި ބަދަން އެކްސްޕޯޓްކުރާ އެމެރިކާގައި މިދިޔަ އަހަރު ދަނޑުވެރިކަން ދަށްވުމުގެ ސަބަބުން މިހާރުވެސް މި ބަދަނުގެ ސަޕްލައި މަދުކަން އެމެރިކާގެ ރިޕޯޓްތަކުން ދައްކައެވެ. މިކަމުގެ ސަބަބުން ޗޮކްލެޓް ބާތަކުގައި ބޭނުންކުރާ ޕިސްޓާޝިއޯ ސަޕްލައިއަށް އިތުރު ދަތިކަމެއް ވަނީ ކުރިމަތިވެފައެވެ.

ނުވީތާކަށް ފާއިތުވި އަހަރު އީރާނުން ޔޫއޭއީއަށް އެކްސްޕޯޓް ކުރި ޕިސްޓާޝިއޯގެ 40 އިންސައްތަ އިތުރަށް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހަށްވާ ވަރަށް ޔޫއޭއީއަށް ސަޕްލައިކޮށްފައިވާ ކަމަށް އެގައުމުގެ ތަފާސް ހިސާބުން ދައްކައެވެ.