ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ސްޓެލްކޯގެ އިންޖިނިއަރިންގ ސްކޮލަރޝިޕްގެ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަނެއް ބާއްވަން ނިންމައިފިއެވެ.

ސްޓެލްކޯ އިން ބުނީ މި ސެޝަންތައް އަމާޒުކުރެވިފައިވަނީ މި ސްކޮލަރޝިޕް ޕްރޮގްރާމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކަމަށެވެ. އަދި މި ސެޝަންތަކުގެ ތެރެއިން ފުރަތަމަ ސެޝަން އޮންނާނީ އޭޕްރީލް 24 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އިން 12:00 އަށް ސްޓެލްކޯގެ ޓްރެއިނިންގ ރޫމްގައި ކަމަށެވެ.

މި ސެޝަނަކީ ވޯކް-އިން އިންފޮމޭޝަން ސެޝަނެއްގެ ގޮތުގައި ބޭއްވޭ ސެޝަނެކެވެ.

މީގެ އިތުރުން، އޮންލައިން މެދުވެރިކޮށް އިތުރު އިންފޮމޭޝަން ސެޝަނެއް ބޭއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި މި ސެޝަން އޮންނާނީ ހަމަ އެ ދުވަހުގެ މެންދުރުފަހު 13:00 އިން 14:00 އަށް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން training@stelco.com.mv އަށް އީމެއިލް ކުރުމުން، އެ ސެޝަނަށް ރަޖިސްޓަރ ކޮށްދިނުމަށްފަހު މީޓިންގ ލިންކު ފޮނުވައިދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

މި ދެ ސެޝަންގައިވެސް ސްޓެލްކޯގެ "މެރިޓް ބޭސްޑް އިންޖިނިއަރިންގ ސްކޮލަރޝިޕް" އާ ގުޅޭ ހުރިހާ މަޢުލޫމާތެއް ދެވިގެންދާނެ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމަކީ ސްޓެލްކޯއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށްވާތީ، މި ސެޝަންތަކުގައި ދެވޭ މަޢުލޫމާތަކީ ޝައުޤުވެރިވާ ފަރާތްތަކަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް ކަމުގައި ބެލެވެއެވެ.