މުސްލިމުންގެ އެއް ހަރަމް ކަމަށްވާ މަސްޖިދުލް އަޤްޞާގައި ހަމަލާއެއް ދީފިއެވެ. މި ހަމަލާ ދީފައިވަނީ ޕަލަސްތީނުގެ ބިމަށް ގަދަކަމުން ވެރިވެގަނެފައިތިބި އިޒްރާއީލުގެ ސިފައިންނެވެ.
އަޤްޞާ ގައި ނަމާދުކުރަން ގިނަ ބަޔަކު ތިބި ވަގުތެއްގައި އިޒްރާއީލުގެ ސިފައިން ދިން މި ހަމަލާގައި ގިނަ ބަޔަކަށްވަނީ އަނިޔާވެފައެވެ. އެގޮތުން 178 މީހަކަށް މި ހަމަލާގައި އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ ރެޑްކްރޮސެންޓުން ހާމަކުރާގޮތުގައި މި ހަމަލާގައި އަނިޔާ ލިބުނު 178 މީހުންގެ ތެރެއިން 88 މީހަކުވަނީ އިތުރުފަރުވާއަަށް ހޮސްޕިޓަލުތަކަށް ގެންގޮސްފައެވެ.
ހިނގަމުން މިދާ މާތް މައްސަރުގެ ރޭއަޅުކަން ކުރުމަށް މުސްލިމުންގެ ގިނަ ބަޔަކު އަޤްޞާ ގައި ނަމާދުކުރަނިކޮށް މި ދިން ހަމަލާގައި ކަރުނަގޭހާ، މިރުސްފެން ބޭނުން ކޮށްފައިވެއެވެ. އަދި ރަބަރު އުންޑަވެސް ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުގެ ސިފައިން ދަނީ ފަލަސްތީނުގެ މުސްލިމު އަހުންގެ އެތަކެއް ހައްގުތަކެއް ނިގުޅައިގަންނަމުނެވެ. މި ރޯދަމަހުުވެސް އެތަކެއް ފަހަރު އެކި ގޮތް ގޮތަށް ފަލަސްތީނުގެ ރައްޔިތުންނަށް ވަނީ ހަމަލާ ދީފައެވެ. މި ކަންކަމާއި މެދު އަރަބި ދައުލަތްތަކުން ގުޅިގެން މަސައްކަތް ކުރާތަނެއް ނުފެނެއެވެ.
