ދިވެހިން ނަކީ އިސްލާމްދީނުގެ ހިދާޔަތުގައި ގާތް ގަނޑަކަށް 800 އެތައް އަރެއް ހޭދަކޮށްފައިވާ މުއްސަދި ތާރީޚެއް އޮތް ގައުމެއްގެ ވެރިބައެކެވެ. ދިވެހިންނަކީ  ހިތުން ޒަމާނީ ތަރައްޤީއާއި ތަހުޒީބުގެ އުންސުރުތައް ގިރާކުރަމުންދާ ތަހުޒީބު ބައެކެވެ. އެހެނަސް އެމީހުންގެ ކަށީގައި ހިފާފައިވާ އާދަތަކަކީ އެ އާއި ދިމާ އިދިކީލަ އާދަތަކެކެވެ. އަހަރެމެންނަކީ އިސްލާމުންނަށް ވީތީ އިސްލާމީ މި މުޖުތަމައުން ފެންނަން ނުޖެހޭ އެތަކަށް ކަމެއް އަހަރެމެންގެ ތެރޭގައި މޫލާފައިވަނީ އެއިން ނުނެއްޓެވޭނެފަދައަކުންނެވެ. 

ޒަމާނީ ތަހުޒީބު ބައެކޭ އަހަރެމެން ކިޔާއިރު އަހަރެމެންގެ ވައްޓަފާޅި ހުންނަނީ އެމަގުން ބާއެވެ. ނޫނެކެވެ. އެތަކެއް ގޮތަކުން ބެލިއަސް އެހެނެއް ނޫނެވެ. އަހަރެމެންގެ ތެރޭގައި ގޯސް އެތަކެއް އާދަތަކެއް އެބަހުއްޓެވެ. ނުރަގަނޅު އެތައް ކަމެއް މި ވެށީގައި ދައުރުވަމުން އެބަދެއެވެ. އޭނގެ ތެރެއިން އެއް ކަމަކީ މީހުންގެ މަސް މުޅަކޮށް ކެއުމެވެ. އާދެ! ޣީބަ ބުނުމެވެ. 

އަހަރެމެން ދެ މީހަކު ކޮފީއަށް އަރަނީ އާންމުކޮށް އަހަރެމެން އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް އެކަކު އެނެކަކާއި ހިއްސާކޮށްލުމަށް އެކަނި ހެއްޔެވެ. ނޫނެކެވެ. އެހެނެއް ނޫނެވެ. ކޮފީގައި ވެސް އަހަރެމެން ބަލާނީ ކޮންމެވެސް އެހެން މީހެއްގެ ވާހަކަ ދައްކާލެވޭތޯއެވެ. ކޮންމެވެސް ފިތުނައެއް އުފައްދާލެވޭތޯއެވެ. އަހަރެމެންގެ އަޚާ ނެތްތަނުގައި  އޭނަގެ ވާހަކަ ތައް ދައްކާލުމަކީ އަހަރެމެން ފަޚުރުވެރި ވެފައި ކުރާކަންތަކެވެ. އަހަރެމެންގެ ކަށީގައި ހިފާފައ ހުންނަ ގޯސް އާދައެކެވެ. 

ހަމަ އެގޮތަށެވެ. އޮފީސް މާހައުލުގައި ވެސް އެފަދައިންނެވެ. ކައިރީގައި އެއްފަރާތުގައި ޖެހިގެން ހުންނަ މޭޒުގައި ހުރި އޮފީސް ރަހުމަތްތެރިއާ ބްރޭކް ގަޑީގައި ބޭރަށް ދާއިރަށް ދެން ކުރިމަތީގައި ހުންނަ މޭޒުގައި އިންނަ ކުއްޖާގެ ކައިރިއަށް ގޮސް އަހަރެމެންނަށް ފެށޭނީ އެ ނެކުންގެ ވާހަކަ ދައްކާށެވެ. އޭނަ މަސައްކަތްކުރާލެއް ލަސް ވާހަކައެވެ. ނޫނީ އޭނާގެ ކޮންމެވެސް އުނި ކަމެއްގެ ވާހަކައިން އަހަރެމެން ހިތަށް ތަސައްލީ ގެނުވާނެ އެވެ.

މީސް މީޑިއާ ދިވެހިންގެ ތެރޭގައި ވައިގައި ހިފައިގަތުމާއެކު މީސް މީޑިއާގެ އެކި މަންސަތަކުގައި ޣީބަ ބުނުމާއޮ ނެތިމޮށުމުގެ އައު ބާބެއް ފެށުނުފަދައެވެ. އެ މީހަކާއި އެމީހެކެވެ. ދިވެހިންގެ ތެރޭގައި ޖޯލިފަތިތަކުގައާއި ރަށްރަށުގެ ކަންމަތީތަކުގައާއި ހޮޅުއަށިތަކުގައި މީސްތަކުންގެ މުޅަމަސް ކަމުން އައި އައުން ފޭދިގެން ގޮސް މީސް މީޑިއާގެ އެކި މަންސަ ތަކަށް ފޭދިގެން ގޮސް ފަތުއަޑުކިޔާފައި ވައިގައި ހިއްޕާލިއެވެ. ދިވެހިންގެ ތަރައްޤީއާއި ތަހުޒީބުގެ އާދަތައް ފަދައިން ޣީބަ ބުނުން އައު ހަރުފަތަކަށް ގޮސް މީސް މީޑއާގެ އެކި ވަސީލަތްތައް ފުރަމުން ގެންގޮސްފައި ވަނީ މުޅަ މަސް ކެއެމުގެ ނުބައި އަމަލުން ނެވެ. 

އެހެން ނަމަވެސް އެހަރެމެން ތަރައްޤީވާންވީ އަހަރެމެންގެ ސިކުނޑިތަކެވެ. ތަހުޒީބުވާންވީ އަހަރެމެންގެ އަމަލުތަކެވެ. އަހަރެމެންގެ މި ޤައުމަކީ ސައްތައިން ސައްތަ އިސްލާމް ގައުމެކެވެ. އިސްލާމް ދީނުގައި ޣީބަ ބުނުން (މީހުންގެ މަސް މުޅަކޮށް ކެއުން) ވަނީ ނަހީކުރައްވާފައެވެ. އެކަމަށް ހޭލުންތެރިވެ އެ ނުބައި އާދައިން ދުރުހެލިވާންވީ ބަޔަކަށް މި ސައްތައިން ސައްތަ ދިވެހި ގައުމުގެ އަހުލުވެރިން ނުވާންވީ ސަބަބެއް ނެތެވެ. ތަހުޒީބާއި ތަމައްދުނުގެ ގޮތުން ވެސް އެއީ ކުރަން ކޮންމެހެން ޖެހޭކަމެކެވެ.