އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގުޅިގެން ރާއްޖޭގެ އެންމެ މޮޅު ބައެއް ސިމް ރޭސަރުން އެއްތަނަކަށް ގެނެސް، ކުރިއަށް ގެންދިޔަ ގްރޭންޑް ޓިއުރިސްމޯ 7 ގެ ލެޖެންޑްސް ސާކިޓްގެ ސީޒަން އެކެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

5،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކުރިއަށް ދިޔަ މި ޓޯނަމެންޓގައި 15 ކުޅުންތެރިން ބައިވެރިވެފައިވާ އިރު، އެންމެ މޮޅު 3 ކުޅުންތެރިން ގެ މަގާމު ހޯދާ ތިރީގައިވާ ކުޅުންތެރިން ވަނީ ޖީޓީ7 ލެޖެންޑްސް ސާކިޓް ގެ ގްރޭންޑް ފިނާލޭ އަށް ކޮލިފައި ވެފައެވެ.

· ޗެމްޕިއަން: މުހައްމަދު މާއިޝް (2500 ރުފިޔާ)

· ދެ ވަނަ: މުހައްމަދު ޔޫހު (1500 ރުފިޔާ)

· ތިން ވަނަ: އަޔާން އަހުމަދު (1000 ރުފިޔާ)

މި މުބާރާތުގެ ސީޒަން ދޭއް ގެ މައުލޫމާތު އުރީދޫ ނޭޝަން އާއި ޑްރެގަން ޒޯން ގެ ސޯޝަލް މީޑިއާ މެދުވެރިކޮށް އިއުލާނު ކުރާނެއެވެ.

ޖީޓީ7 ލެޖެންޑްސް ސާކިޓް ގްރޭންޑް ފިނާލޭގައި ދެ ސީޒަނުން ވަނަ ހޯދާ ކޮލިފައި ވާ ފަރާތްތަކުން ވާދަކުރާނީ 15،000 ރުފިޔާގެ އަލްޓިމޭޓް ޕްރައިޒް ޕޫލަށެވެ.