ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގް ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފައެވެ. 

މި ފެސިލިޓީގެ ދަށުން ބިމާއި ވިޔަފާރި ބޭނުންތަކަށް އިމާރާތާއި ގަރާޖު ގަތުމަށް ފައިނޭންސިންގް ލިބޭނެއެވެ.

މި ފައިނޭންސިންގް ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް 30 މިލިއަން ރުފިޔާއާ ހަމައަށް، 12 އިންސައްތައިގެ ރޭޓެއްގައި، ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަނަބުރާ ދެއްކުމަށް ލުއި ފަސޭހަ ގޮތްތަކެއް ލިބޭނެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، "ކޮމާޝަލް ޕްރޮޕަރޓީ ފައިނޭންސިންގް ފެސިލިޓީ ފަރުމާކޮށްފައިވަނީ އޮފީސް ޖާގަ އާއި ގުދަން ފަދަ ތަންތަން ހޯދުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީގެން ވިޔަފާރިތައް ބާރުވެރިކުރުވުމަށެވެ. މި ފައިނޭންސިންގް އާއެކު ވިޔަފާރިތަކަށް ކުރިއެރުމާއި ހިންގުމުގެ ޤާބިލުކަން އިތުރުކުރުމަށް އިންވެސްޓްކުރެވޭނެ އައު މަގުތަކެއް ހުޅުވައިދޭނެ."

މި އައު ޕްރޮޑަކްޓް ފަރުމާކޮށްފައިވަނީ ވިޔަފާރި ފުޅާކުރުމަށާއި، އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓަށް އަދި ދެމެހެއްޓެނިވި ކުރިއެރުމަށް ބޭނުންވާ މާލީ ހައްލުތައް ފަސޭހައިން ލިބޭނެ ހޯދުމަށް މަގުފަހިކޮށްދިނުމަށެވެ.

މީގެ އިތުރުން، ބީއެމްއެލްއިން އެކި ވިޔަފާރީގެ ބޭނުންތަކަށް އަމާޒުކޮށްގެން ވިޔަފާރި ތަރައްޤީކުރުމުގެ ލޯނާއި ފައިނޭންސިންގ، އެސްއެމްއީ ފައިނޭންސިންގ، ޓްރޭޑް ފައިނޭންސް އަދި ވަރކިންގ ކެޕިޓަލް ފެސިލިޓީތައް ފޯރުކޮށްދެއެވެ.

ކޮމާޝަލް ޕްރޮޕަޓީ ފައިނޭންސިންގއާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 

https://www.bankofmaldives.com.mv/islamic/financing-products/bml-islamic-commercial-property-financing