ކެންދޫ ކައުންސިލް ފުޓްބޯލް ޗެލެންޖު 2025 ފަށައިފިއެވެ. ޖުމުލަ 4 ޓީމާއި އެކު ފެށި މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ކެންދޫ ރަސްމީ ފުޓުބޯޅަދަނޑުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ކެންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ 8ވަނަ ފުޓުބޯޅަ މުބާރާތެވެ.
މިދިޔަ އަހަރު މި މުބާރާތުގެ ޗެންޕިއަންކަން ހޯދާފައިވަނީ ވިނާސްބޯއީސް އެވެ. މިއަހަރުގެ މުބާރާތުގައި ވާދަކުރަނީ ވިނާސްބޯއީސް، ގްލޯރިއަސް ވިކްޓްރީ، ހޭޅި އަދި ރައިވަލްސްއެވެ. ކެންދޫ ފުޓްބޯލް ޗެލެންޖު 2025 ފެށުމުގެ ގޮތުން މިއަދު، ކެންދޫ ސުކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންގެ މެދުގައިވަނީ ޗެރިޓީ މެޗެއް ކުޅިފައެވެ. މި މެޗުގައި ލިބުނު ފައިސާ ވަނީ ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުންނަށް ހަދިޔާކުރަން ނިންމާފައެވެ. މި މެޗު ކާމިޔާބު ކުރީ ދަރިވަރުންގެ ޓީމުންނެވެ.
ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި ދާއިރާގެ އެމް.ޕީ މަޓޭ އާއި ނަޔަމްޓްރޭޑާސް އަދި ފްލާވަރ ބޯޓު ހިމެނެއެވެ.
