ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ ފުރަތަމަ މެޗު ގްލޯރިއަސް ވިކްޓްރީ ކާމިޔާބުކޮށްފިއެވެ. އެފް.ސީ ރައިވަލްސް އާއި ބައްދަލު ކުރި މި މެޗު، ފަސޭހަކަމާއެކު ގްލޯރިއަސް ވިކްޓްރީން ކާމިޔާބު ކުރީ 6-1 ގެ ނަތީޖާ އަކުންނެވެ. ގްލޯރިއަސް ވިކްޓްރީ އަކީ މިދިޔަ އަހަރުގެ ރަނަރއަޕް ޓީމެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ. ނަމަވެސް ދެވަނަ ހާފުގައި ގްލޯރިއަސް ވިކްޓްރީން ވަނީ މޮޅު ކުޅުމެއްދަކާ ރައިވަލްސްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮފިވައިވަނީ ގްލޯރިއަސް ވިކްޓްރީ ގެ ޖޯޒީ ނަންބަރު 30، ރަޝާދު އަބްދުލް މަތީން އެވެ. އޭނާ ވަނީ މެޗުގައި ހެޓްރިކް ހަދާ ޖުމުލަ 4 ގޯލު ކާމިޔާބުކޮށްދޯފައެވެ.
މި މުބާރާތުގެ ކުޅުން މިއަދުވެސް އޮންނާނެއެވެ. މިއަދު ބައްދަލުކުރާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު، ވިނާސްބޯއީސް އާއި މުބާރާތުގައި ވާދަކުރާ އެއްމެ ހަގު ޓީމު ކަމުގައިވާ ހޭޅި އެވެ. މި މެޗު ކެންދޫ ރަސްމީ ފުޓުބޯޅަދަނޑުގައި މިއަދު ހަވީރު ކުޅެވޭއިރު، ކެންދޫ ކައުންސިލްގެ ޔޫޓިއުބް ޗެނަލްއިންނާއި ފޭސްބުކް ޗެނަލްއިން ލައިވް ކުރެވޭނެއެވެ.
ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި ދާއިރާގެ އެމް.ޕީ މަޓޭ އާއި ނަޔަމްޓްރޭޑާސް، ފަތޭ އިންވެސްޓްމެންޓް، އަނަންތަރަ ކިހަވަށް އަދި ފްލާވަރ ބޯޓު ހިމެނެއެވެ.
