ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ ދެވަނަ މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމު، ވިނާސް ބޯއީސް އާއި މި މުބާރާތުގެ އެއްމެ ހަގު ޓީމު ބައްދަލު ކުރި މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ކޮންމެ ޓީމަކަށްވެސް ވަނީ ޕެނަލްޓީއެެއް ލިބިފައެވެ.
ގިނަ ކާޑުތަކެއްވެސް ފެނިގެންދިޔަ މި މެޗުގައި ވިނާސްބޯއީސްގެ ބެންޗުން ކުޅުންތެރިއަކަށް ވަނީ ރަތް ކާޑުވެސް ދައްކާފައެވެ. އެ ޓީމުންވަނީ ރެފްރީންގެ ނިންމުންތަކަށް ހިތްހަމަނުޖެހުން ފައުޅުކޮށް އަޑުވެސް އުފުލާފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ އެއްމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ހޭޅީގެ ޖޯޒީ ނަންބަރު 5، އަލީ އިޝްފާގް ހަސަން މަޖީދް އެވެ. މި މުބާރާތުގެ ކުޅުން މިއަދުވެސް އޮންނާނެއެވެ. މިއަދު ބައްދަލު ކުރާނީ ވީނާސް ބޯއީސް އާއި ގްލޯރިއަސް ވިކްޓްރީއެވެ. މިއީ މިދިޔަ އަހަރު ފައިންގައި ބައްދަލު ކުރި ދެ ޓީމެވެ.
ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި ދާއިރާގެ އެމް.ޕީ މަޓޭ އާއި ނަޔަމްޓްރޭޑާސް، ފަތޭ އިންވެސްޓްމެންޓް، އަނަންތަރަ ކިހަވަށް އަދި ފްލާވަރ ބޯޓު ހިމެނެއެވެ.
