ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ 3 ވަނަ މެޗު، އެއްވަރުވެގެން ނިމިއްޖެއެވެ. ވިނާސް ބޯއީސް އާއި ގްލޯރިއަސް ވިކްޓްރީ ބައްދަލުކުރި މި މެޗު ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް ދެޓީމަށްވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

އެއާއި އެކު ވިނާސް ބޯއީސް އަދި ގްލޯރިއަސް ވިކްޓްރީވެސް މި މުބާރާތުގައި ދެ މެޗު ކުޅެވުނީއެވެ. ދެ މެޗުން ގްލޯރިއަސް ވިކްޓްރީއަށް ޖުމުލަ 4 ޕޮއިންޓު ލިބިފައިވާ އިރު، ވިނާސް ބޯއީސްއަށް ލިބިފައިވަނީ ޖުމުލަ 2 ޕޮއިންޓެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ވިނާސް ބޯއީސްގެ ރަށުން ބޭރު ކުޅުންތެރިޔާ ޖެރީ އެވެ. މި މުބާރާތުގެ ކުޅުން މިއަދުވެސް އޮންނާނެއެވެ. މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހޭޅި އަދި އެފް.ސީ ރައިވަލްސްއެވެ.

ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި ދާއިރާގެ އެމް.ޕީ މަޓޭ އާއި ނަޔަމްޓްރޭޑާސް، ފަތޭ އިންވެސްޓްމެންޓް، އަނަންތަރަ ކިހަވަށް އަދި ފްލާވަރ ބޯޓު ހިމެނެއެވެ.