ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ ހަތަރުވަނަ މެޗު، ހޭޅިން ކާމިޔާބުކޮށްފިއެވެ. އެފް.ސީ ރައިވަލްސް އާއި ހޭޅި ބައްދަލު ކުރި މި މެޗު ނިމިގެން ދިޔައީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ ހޭޅިންނެވެ. ނަމަވެސް ރައިވަލްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ. ދެވަނަ ހާފުގައި ލިބުނު ހަނި ފުރުސަތަކުން ހޭޅި ދެވަނަ ގޯލު ކާމިޔާބުކޮށް މެޗުގެ ލީޑު ނެގިއެވެ.
އެއާއި އެކު މި ދެޓީމުވެސް މުބާރާތުގައި ދެ މެޗު ކުޅެވުނީއެވެ. ދެމެޗުން ހޭޅިއަށް ހަތަރު ޕޮއިންޓު ލިބިފައިވާއިރު، ރައިވަލްސްއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ހޭޅީގެ ޖޯޒީ ނަންބަރ 5، އަލީ އިޝްފާގެވެ. މިއަދުވެސް މި މުބާރާތުގެ ކުޅުން އޮންނާނެއެވެ. މިއަދުގެ މެޗުގައި ބައްދަލުކުރާނީ ހޭޅި އަދި ގްލޯރިއަސް ވިކްޓްރީއެވެ. މި ދެޓީމު ޕޮއިންޓުގެ ގޮތުން ވަނީ އެއްވަރު ވެފައެވެ. އެހެންކަމުން މިއަދުގެ މެޗުން މޮޅުވާ ޓީމަކަށް ފައިނަލްގެ ޖާގަ ކަށަވަރު ކުރެވޭނެއެވެ.
ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި ދާއިރާގެ އެމް.ޕީ މަޓޭ އާއި ނަޔަމްޓްރޭޑާސް، ފަތޭ އިންވެސްޓްމެންޓް، އަނަންތަރަ ކިހަވަށް އަދި ފްލާވަރ ބޯޓު ހިމެނެއެވެ.