ބަޓާ ޗިކެެން އަކީ މިއަދު ދިވެހިންގެ ތެރޭގައި ވަރަށް ކަމުދާ ކެއުމެކެވެ. ރޮއްޓާ، ފަރަޓާ އަދި ނާން އާ އެއްކޮށް ބަޓާ ޗިކެން ކައި އުޅެއެވެ.

ބޭނުންވާ ތަކެތި:

1 ކިލޯ ޓޮމާޓޯ (ވަށްފޮއްޗަށް ކޮށާފައި)

500 ގްރާމް ބޯންލެެސް ކުކުޅު (ދިގުކޮށް ކޮށާފައި)

200 ގްރާމް ބަޓަރު

1 ސަމްސާ ގަރަމްމަސާލާ

6 ލޮނުމެދު (ތިން ލޮނުމެދު ގާނާފައި)

1 މޭޒުމަތީ ސަމްސާ އިނގުރު (ގާނާފައި)

100ގ ކެޝޫ ނަޓް

2 ބޮޑު ފިޔާ (ކިއުބްކޮށް ކޮށާފައި)

ކުކިން ކްރީމް

ލޮނު

މުގުރި މިރުސް

ބައި ޖޯޑު ތެޔޮ

ތައްޔާރު ކުރާނެ ގޮތް:

.ބަޓަ ޗިކެން ތައްޔާރުކުރުމަށް ކުކުޅު ކޮޅު ވަކިން ތެލުލަން ޖެހޭނެއެވެ. 

.ފުރަތަމަ ގާނާފައި ހުރި ލޮނުމެދު، އިނގުރު، އަދި މުގުރި މިރުސް ކުޑަ ފެންކޮޅެއް އަޅާ އެއްކޮށްލާށެވެ. އެ މިރުސްކޮޅާއި ކުކުޅު ރަނގަޅަށް އެއްކޮށްލުމަށް ފަހު 15-30 މިނެޓު ވަންދެއް ކުކުޅުކޮޅު މެރިނޭޓްކުރާށެެވެ. 

.މެރިނޭޓް ކުރުމަށް ފަހު ތަވައަކަށް ތެޔޮ އެޅުމަށް ފަހު ރަނގަޅަށް ކުކުޅުކޮށް ރޯފިލަން ދެން ތެލުލާށެެވެ.

 ކުކުޅު ކޮޅު ތަވައިން ބޭލުމަށް ފަހު އެެ ތަވާ މައްޗަށް ތެޔޮފޮދަކާއެކު ފިޔާ އަރުވާށެވެ. 

.ފިޔާކޮޅު މޯޅިވުމުން ކެޝޫނަޓް، ޓޮމާޓޯ، ތިން ލޮނުމެދު، އެއްކޮށް މުގުރާލުމަށް ފަހު ކައްކަން އުދާށެވެ. 

.ކެކިގަތުމުން ގިނި މަޑުކުރުމަށްފަހު ތަވާގެ މަތި ޖަހާ 10 މިނެޓު މަޑުގިނީގައި ކައްކާށެެވެ. 

.އެއަށްފަހު ގަރަމް މަސާލާ، ލޮނު ބަޓަ ކޮޅުގެ އެއްބައި، މުގުރި މިރުސް، 1 ތަށި ފެން އެެޅުމަށް ފަހު 10 މިނެޓު ޓޮމާޓޯގަނޑު ކައްކާށެވެ. 

.10 މިނެޓު ވުމުން ތަވާ ބޭލުމަށްފަހު ހިހޫ ވަންދެއް ބަހައްޓާށެެވެެ. 

.އޭގެ ފަހުގައި ކުކިން ކްރީމްކޮޅެެއް އެއްކުރުމަށް ފަހު ޓޮމާޓޯގަނޑު މިކްސްޗަރަކުން ހިމުންކޮށްލާށެވެ.

.ޓޮމާޓޯ ގަނޑު ރަނގަޅަށް ހިމުންވުމުން ފުރާނާލާށެވެ. 

.އެއަށްފަހު އަނެއްކާވެސް ތަވަލުގައި ކައްކަން ފަށާށެވެ.

.ރަނގަޅަށް ކެކެން ފެށުމުން ބަކީ އޮތް ބަޓަ ކޮޅާއި، ކުކުޅުކޮޅު، އަޅާ ލޮނު ހެޔޮވަރު ކޮށްލާށެވެ.

.ބަޓަ ޗިކެން ބޮޑު ތައްޓަކަށް ނަގާއިރު، އޭގެެ މައްޗަށް ދެ މޭޒުމަތީ ސަމްސާ ކުކިން ކްރީމް އަޅާށެވެ.