ކެންދޫ ފުޓްބޯލް ޗެލެންޖު 2025 ގައި އިއްޔެ ކުޅުނު މެޗު، ގްލޯރިއަސް ވިކްޓްރީއިން ކާމިޔާބު ކޮށްފިއެވެ. ހޭޅި އާއި ބައްދަލު ކުރި މި މެޗު، ގްލޯރިއަސް ވިކްޓްރީ އިން ކާމިޔާބުކުރީ ހަތަރު ލަނޑު އެއް ލަނޑުންނެވެ. އެއާއި އެކު ގްލޯރިއަސް ވިކްޓްރީ މި މުބާރާތުގެ ފައިނަލްގެ ޖާގައެއް ކަށަވަރު ކުރީއެވެ. ޖުނުލަ ހަތަރު ޕޮއިންޓާއި އެކު ހޭޅި، މި މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފައިވާއިރު، ސެމީގައި ދެން ކުޅޭނޭ ޓީމެއް ކަށަވަރު ވެގެން ދާނީ މިއަދު ކުޅޭ މެޗުންނެވެ.

މި މެޗުގައި މޮޅު ކުޅުމެއް ދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ގްލޯރިއަސް ވިކްޓްރީގެ ޖޯޒީ ނަންބަރ 10، ހުސައިން ޝަރީފް އެވެ. އޭނާ ވަނީ މި މެޗުގައި ދެ ގޯލުވެސް ކާމިޔާބު ކޮށްދީފައެވެ.

މިއަދު ހަވީރު އޮންނަ މެޗުގައި ބައްދަލު ކުރާނީ ވިނާސް ބޯއީސް އާއި އެފް.ސީ ރައިވަލްސް އެވެ. ވިނާސް ބޯއީސް ދެމެޗު ކުޅުނިއު، ޖުމުލަ 2 ޕޮއިންޓާއި އެކު މި މެޗަށް އަންނަ އިރު، ރައިވަލްސްއަށް އަދި ޕޮއިންޓެއް ނުލިބެއެވެ. ނަމަވެސް މި މެޗުން ރައިވަލްސް މޮޅުވެއްޖެނަމަ، ޖުމުލަ 3 ޕޮއިންޓާއި އެކު ސެމީގެ ދެވަނަ ޖާގަ ކަށަވަރު ކުރެވޭނެއެވެ. މިއީ ގްރޫޕް ސްޓޭޖުގެ އެއްމެ ފަހު މެޗެވެ.

ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި ދާއިރާގެ އެމް.ޕީ މަޓޭ އާއި ނަޔަމްޓްރޭޑާސް، ފަތޭ އިންވެސްޓްމެންޓް، އަނަންތަރަ ކިހަވަށް އަދި ފްލާވަރ ބޯޓު ހިމެނެއެވެ.