ބޭނުންވާތަކެތި

ދެއިނގިލި ކުރިން ހިފޭވަރުގެ ފޮނިތޮށި

2 މޭޒުމަތީ ސަމުސާ އޯޓްސް (ހިމުންކޮށް މުގުރާފާއި)

1 މޭޒުމަތީ ސަމުސާ ކެޝޫނަޓް ނުވަތަ ޕީނަޓްސް (ހިމުންކޮށް މުގުރާފައި)

1 ކުކުޅު ބިސް

2 ވައް ދޮންކެޔޮ (ކުޑަ)

1/2 ސައި ސަމުސާ ބަޓަރު (ލޮނު ނުލާ)

ތައްޔާރުކުރާނެ ގޮތް

ދޮންކެޔޮކޮޅު އުލަކުން ޗަސްކޮށްލާށެވެ. ބިސް ވަކިން ގިރާލުމަށްފަހު ދޮންކޭލާއި، އެއްކޮށްލާށެވެ. އެއާއެކު، މުގުރާފައި ހުރި އޯޓްސް، ކެޝޫނަޓް އަދި ފޮނިތޮށި އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު، ތަވައެއްގައި ކުޑަ ބަޓަރު ކޮޅެއް ހޭކުމަށްފަހު، މޭޒުމަތީ ސަމުސަލެއްގެ މިންވަރު އަޅާ މަޑުގިނީގައި ދެފުށް ރަނގަޅަށް ފިހެލާށެވެ.