އެހެން މާތަކެކޭ އެއްގޮތަށް ނަންރީތިމާ butterfly pea flower)) މަލަކީ ވަރަށް ގިނަ ފަރާތްތަކުން ބަގީޗާއެއްގެ ގޮތުގައި ބޭނުންކުރާ އެ މަލުގެ ރީތިކަމާއި ހިތްގައިމުކަން އިންތިހާއީ މަލެކެވެ. ވަރަށް ފަސޭހައިން ގޯތީގައި ވެސް ހައްދާލެވޭނެ ވެޔޮގަނޑެއްގައި އަޅާ މި މަލަކީ ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރޭ އެއްޗެކެވެ. 

ކޮންމެ މަލަކީވެސް ރީތިކަމާއި ހިތްގައިމުގަމާއި އެކު އެތައްބައެއްގެ ހިތްހަމަޖެހުމާއި ނަފްސާނީ ދުޅަހެޔޮކަމަށް އެކަމުން ހެޔޮ ބަދަލުތަކެއް ގެނުވާ މަލެކެވެ. ގޯތިގެދޮރު ޒީނަތްތެރިކުރުމާއި ހަފްލާތައް ޒީނަތްތެރި ކުރުމުގައި ނަންރީތިމާ ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން މި މަލަކީ އެނޫން އެތައް ގޮތަކަށް ބޭނުންކޮށް އުޅޭ މަލެއް ކަން އެނގޭ ހެއްޔެވެ. ތަފާތު އެކި ބުއިންތަކާއި ސައި ހެދުމުގައި މި މަލުގެ ބޭނުން ކޮށް އުޅެއެވެ. ސިއްހީގޮތުއް އެތައް ފައިދާއެއް މިމަލުން އަހަރެމެންނަށް ލިއްބައިދޭކަމަށް ދިރާސާތަކުން ދައްކައެވެ.

މި މަލުން ލިއްބައިދޭ ފައިދާ ތަކަށް ބަލާއިރު ބޮލުގެ އިސްތަށިގަނޑު ވަރުގަދަ ވުމަށް އެހީތެރިވެދެއެވެ. މި ގޮތުން އިސްތަށިގަނޑު ވަރުގަދަކުރުމަށް މި މާ ހިއްކުމަށްފަހު އޭނގެ އެއްސައިސަމުސާ ހިއްކާފައިހުރި މާ ފެނަށް އެޅުމަށްފަހު 10 މިނެޓާއި 15 މިނެޓް ހާއިރު ވަންދެން ފެން ކެއްކުމަށްފަހު ހިހޫ ވަންދެން ބަހައްޓާނީއެވެ. އެއަށްފަހު ފެންތައް ހިހޫ ވުމުން އެއިން މާތައް ނެގުމަށްފަހު، ސޭންޕޫ ލައިގެން ބޯދޮވުމަށްފަހު  ތައްޔާރުކޮށްފައި ހުރި ފެން ބޮލަށް އަޅާލުމަށްފަހު ރަނގަޅަށް މަޑުމަޑުން މަސާޖު ކޮށްލާނީއެވެ. 

މިމަލުގެ ސަބަބުން ހިތުގެ ބަލިތަކަށާއި ހަކުރު ބަލީގެ މީހުންނަށް ފައިދާތަކެއް ކުރުވައެވެ. އަދި މިމާ ބަރުދަން ލުއިކުރުމަށް ވެސް އެހީވެދޭ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ.

މި މަލުގެ ސަބަބުން ކޮލެސްޓްރޯލް ލެވެލް އެއްވަރެއްގައި ހިފަހައްޓައި ދިނުމުގެ އިތުރުން އިންސުލިން ދައްކޮށްދީ ލޭގައި ހަކުރު ހުންނަ މިންވަރު ދައްކޮށް ދިނުމަށް އެހީތެރި ވެދެއެވެ. އަދި ހަމަ އެހެންމެ ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް މި މާ އެހީތެރި ވެދޭކަމަށް ދިރާސާތަކުން ދައްކައެވެ. ހަންގަނޑު ރީތިކޮށް ބަހައްޓައި ދިނުމަށް މި މަލަކީ ހަމަ އެއްވަނައިގެ މަލެކެވެ.

މި މަލަކީ ވަރަށް ގިނަ ބަޔަކު ހާރބަލް ސަޔެއްގެ ގޮތުގައި ތައްޔާރުކޮށްގެން ބޭނުންކުރާ މަލެކެވެ.

ބަރުދަން ލުއި ކުރުމަށާއި ކޮލެސްޓްރޯލާއި ހަށިގަނޑުގައި ހަކުރު ހުންނަ މިންވަރު ދަށްކުރުމަށް ނަން ރީތިމާ ބޭނުން ކޮށްގެން ތައްޔާޜު ކުރެވިދާނެ ބުއިމެއް ތިރީގައި ހިމަނާލާނަމެވެ.

ހިއްކާފައި ހުރި ނުވަތަ ތާޒާ ނަންރީތިމާ ، ހޫނު ފެން ބޭނުން ވާނަމަ ފޮނި ރަހަ ލެއްވުމަށް ކުޑަކުޑަ މާމުތް ކޮޅެއް ބޭނުން ކުރެވިދާނެއެވެ.

3 ނުވަތަ 5 ނަންރީތިމާ  ތައްޓަކަށް އެޅުމަށް ފަހު ހޫނު ފެން އެޅާ 5 ނުވަތަ 10 މިނެޓް ވަންދެން ބަހައްޓާލާށެވެ. އެއަށް ފަހު މަލުގެ ކުލަ ފެނުގެ ތެރެއަށް ރަގަނޅަށް ފެތުރިގެން ދަންދެން މަޑުކޮށްލާށެވެ. ހޫނު ކޮށްވެސް ނޫނީ ބޭނުންވާނަމަ ފިނިކޮށްގެން ވެސް މި ފެން ބޭނުން ކުރެވިދާނެއެވެ. ފޮނި ރަހަ ލެއްވުމަށް މި ބުއިމަށް މާމުތް އަޅައިގެން ބޭނުން ކުރެވިދާނެއެވެ.