ކެންދޫ ކައުންސިލް ފުޓްބޯލް ޗެލެންޖު 2025ގެ ފައިނަލަށް ވިނާސް ބޯއީސް އާއި ގްލޯރިއަސް ވިކްޓްރީ ދަތުރުކޮށްފިއެވެ. އިއްޔެ ކުޅެވުނު މި މުބާރާތުގެ ސެމީ ފައިނަލް މެޗުގައި ވިނާސް ބޯއީސް ބައްދަލު ކުރީ ހޭޅި އާއި ދެކޮޅަށެވެ. މި މެޗު ވިނާސްބޯއީސް އިން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާ އަކުންނެވެ. ގުރޫޕް ސްޓޭޖުގައި މި ދެ ޓީމު ވާދަ ކުރި ނިމުނީ އެއްވަރު ވެގެންނެވެ.
މެޗު ފެށިގެން ފުރަތަމަކޮޅު ވިނާސް ބޯއީސް ވަނީ ކައިރި ކައިރީގައި ގޯލުތައް ޖަހާ ލީޑުނަގާފައެވެ. ނަމަވެސް ހިތްވަރާއެކު ކުޅެމުން އައި ހޭޅި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ފުރަތަނަ ހާފު ނިމުނީ 4-1 ގެ ނަތީޖާ އަކުންނެވެ. ދެވަނަ ހާފުގައި ހޭޅިން ވަނީ މޮޅު ކުޅުމެއް ދައްކާ އިތުރު އެއް ގޯލު ކާމިޔާބުކޮށްފައެވެ. ވިނާސް ބޯއީސްއަށް ދެވަނަ ހާފުގައި އެއްވެސް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވެއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ވިނާސް ބޯއީސް ގެ ޖޯޒީ ނަންބަރު 75، މުހައްމަދު އިޖާޒް ނާޒިމް އެވެ. މި މުބާރާތުގެ ފައިނަލްގެ ކުޅުން އޮންނާނީ މޭ މަހުގެ 7ވަނަ ދުވަހު ހަވީރުއެވެ. ވިނާސް ބޯއީސް އާއި ގްލޯރިއަސް ވިކްޓްރީ އަކީ މިދިޔަ އަހަރު މުބާރާތުގެވެސް ފައިނަލްގައި ވާދަކުރި ދެޓީމެވެ. ވިނާސް ބޯއީސް އަކީ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމެވެ.
ކެންދޫ ފުޓްބޯލް ޗެލެންޖު 2025ގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާއެވެ. ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. ކޯ ޕާޓްނަރުންގެ ގޮތުގައި ދާއިރާގެ އެމް.ޕީ މަޓޭ އާއި ނަޔަމްޓްރޭޑާސް، ފަތޭ އިންވެސްޓްމެންޓް، އަނަންތަރަ ކިހަވަށް އަދި ފްލާވަރ ބޯޓު ހިމެނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން