މާލޭ ސަރަހައްދަށް ކޭޓާރ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެބަހުރި ކަމަަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކީ އިން ބުނީ 28 އޭޕްރީލްގައި މާލޭ އިންޖީނުގޭގެ އިންޖީނެއްގެ ޓާބޯ ފަޅީގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަމަށް ކުންފުނީގެ މުވައްޒަފުންނާއި އެމްއެންޑީއެފުން އެޓެންޑްވެ ނިއްވާލާފައިވާ ކަމަށެވެ. އަދި މި ހާދިސާ ހިނގިތާ ދެދުވަހެއްތެރޭ އިންޖީނު މަރާމާތު ކުރެވި މިހާރުވެސް ދަނީ ބޭނުން ކުރަމުން ކަމަށެވެ.
މީގެ އިތުރުން ގްރޭޓާ މާލޭ ސަރަހައްދަށް ކޭޓާރ ކުރެވޭ ވަރަށް ޖަނަރޭޝަން ކެޕޭސިޓީ އެކުންފުނީގައި ހުރި ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ބުނެއެވެ. އަދި ބައެއް ސަރަހައްދުތަކުން ކަރަންޓު ކަނޑާލައިގެން އެކުންފުނިން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށް އާންމުކޮށް ފެންނަހެން ކުރަމުންގެންދާ މަަސައްކަތްތަކެއް ކަމަށް ވެސް ބުނެއެވެ.
ސްޓެލްކޯ އިން ބުނީ މާލޭ ޕަވަރހައުސްގެ އޮޕަރޭޝަން ކުރިއަށްދާ ގޮތް ބައްލަވާލައްވަން ބޭނުންފުޅުވާ ނޫސްވެރިންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
