އާންމު ގޮތެއްގައި ބުޅަލެއް ދުނިޔޭގައި އުޅެނީ ގާތްގަނޑަކަށް 30 އަހަރު ވަންދެންނެވެ. މިހެން ބުނި ނަމަވެސް ނާދިރު ހާލަތެއްގައި މިއަށްވުރެ ވެސް ގިނަ ދުވަހު ބުޅަލެއް ދުނިޔޭގައި ހުރެ ދާނެއެވެ. ތިރީގައި ބަލައިލާނީ އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅުނު ފަސް ބުޅަލަށެވެ.

ކްރިމް ޕަފް: 

މި ނަން ދެވުނު ބުޅަލުގެ އުމުރަކީ 38 އަހަރާއި 3 ދުވަހެވެ. އެއީ 3 އޮގަސްޓް 1967 ން 6 އޮގަސްޓް 2005 ގެ ނިޔަލަށެވެ. ގިނީސް ވޯލްޑް ރިކޯޑުގައި ވާގޮތުން މިއީ މި ވަގުތަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅެފައިވާ ކަމަށް ދައްކާ ބުޅަލެވެ. މި ބުޅަލުގެ ވެރިފަރާތަކީ ޖެކް ޕެރީ ކިޔާ  އެމެރިކާގެ ޓެކްސަސްގެ ރައްޔިތެކެވެ.

ބޭބީ: 

މިނަން ދެވުނު ބުޅަލުގެ އުމުރަކީ ތިރީސް އަށް އަހަރެވެ. މި ބުޅާ އުޅެފައިވަނީ 1970 އިން 2008 ވަނަ އަހަރު މާރޗް މަހުގެ ނިޔަލަށެވެ.މިއީ ދެވަނައަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި އުޅުނު ބުޅަލެވެ. މިއީ އެމެރިކާގައި  ގެއެއްގައި ގެންގުޅުނު ކަޅުކުލައިގެ ބުޅަލެކެވެ. 

ޕުސް:

 މި ނަން ދެވިފައިވާ ބުޅަލުގެ އުމުރަކީ 36 އަހަރާއި 1 ދުވަހެވެ. 1990 ވަނަ އަހަރު މި ބުޅަލަކީ ދުނިޔޭގައި އެވަގުތަށް އޮތް އެންމެ ގިނަ ދުވަސްވީ ބުޅާކަމަށް ގިނީސް ވޯލްޑް ރިކޯޑް ފޮތަށް އެރުވުނެވެ. އިގިރޭސި ވިލާތުގެ ޑެވޯން ގައި އުޅުނު މި ބުޅާ މަރުވީ އޭގެ އުމުރުން 36 ވަނަ އުފަންދުވަހުގައެވެ. އެ ބުޅަލުގެ ވެރިފަރާތަކީ ޓީ ހޯލްވޭ އެވެ.

މާ:

 މި ބުޅަލުގެ އުމުރަކީ 35 އަހަރާއި 5 މަސް ދުވަހެވެ. މި ބުޅަލަކީ އިގިރޭސި ވިލާތުގެ ޑެވޯންގެ ރައްވެއްސެއް ކަމުގައިވާ އެލިސް އެސްޓީ ޖޯރޖް މޯރޭ އެވެ.

 

ގްރޭންޕާ ރެކްސިސް އެލެން: 

މި ބުޅަލުގެ ވެރިފަރާތަކީ ކްރީމް ޕަފް ގެ ވެރިފަރާތް ޖެކް ޕެރީއެވެ. މި ބުޅާ މަރުވީ އޭނގެ އުމުރުން 34 އަހަރުގައެވެ. މި ބުޅާ ގިނަ ދުވަހު ދުނިޔޭގައި ހުރުމުގެ ސިއްރެއް ކަމަށް ވަނީ އޭނގެ ކެއުން މުގައި ބިހާއި ކޮޕީ ބްރޮކޯލީ ކިރާއެކު ބޭނުން ކުރުން ކަމުގައި އޭނގެ ވެރިފަރާތުން ބުނެއެވެ.