ވަން ޕޮޓް ބީފް ރައިސް ޕިލެފް ރެސިޕީ

 

ބޭނުންވާ ތަކެތި

2 މޭޒުމަތީ ސަމްސާ ޒައިތޫނި ތެޔޮ

4 ލޮނުމެދު އަރި

1 ބޮޑު ފިޔާ

500ގ ގްރައުންޑް ބީފް/ ބަކަރި މަސް

ލޮނު

1 1/2 މޭޒުމަތީ ސަމްސާ އޮރެގާނޯ

2 މޭޒުމަތީ ސަމްސާ ޓޮމާޓޯ ޕޭސްޓް

300 ގ މިކްސްޑް ތަރުކާރީ (މަޑުކޮށްފައި ނުވަތަ ތެލުލާފައި)

1 ޖޯޑު ބާސްމަތީ ހަނޑޫ

400 ގ  ބޮޑު މުގު (ނޫނީ ބީންސްގެ އެހެން ބާވަތެއްވެސް ރަނގަޅުވާނެ)

400 ގ ޓޮމާޓޯ ޕިއުރީ

1 1/2 ޖޯޑު ޗިކަން ސްޓޮކް 

1 މޭޒުމަތީ ސަމްސާ އަސޭމިރުސް

1 މޭޒުމަތީ ސަމްސާ ޕާސްލީ 

ޕްލެއިން ޔޯގަޓް 

ތައްޔާރުކުރާނެ ގޮތް

ބޮޑު ތެއްޔެއްގައި ތެޔޮފޮދެއް ބޮޑު ގިނީގައި ހޫނުކުރާށެވެ. އޭގެ ތެރެއަށް ފިޔާއާއި ލޮނުމެދު އަޅާފައި 2 މިނެޓް ވަންދެން ރަތްކުރާށެވެ. އޭގެ ތެރެއަށް މަސްކޮޅު އަޅާފައި ކައްކާށެވެ. މަސްކޮޅު ހިމުންކޮށްފައި ވީހާވެސް ރަނގަޅަށް ކެއްކޭތޯ ބަލާށެވެ. ދެން ލޮނާއި އޮރެގާނޯ އަދި ކުޑަކުޑަ ޕާސްލީ ފަތްކޮޅެއް އަޅާށެވެ. މިނެޓެއް ފަހުން ޓޮމާޓޯ ޕޭސްޓްކޮޅު އަޅާފައި އަނެއްކާވެސް މިނެޓެއް ވަންދެން މި ތަކެތި ކައްކާލާށެވެ. ދެން މަސްކޮޅު ތެރެއަށް ތަރުކާރީކޮޅު އަޅާށެވެ. މަސްކޮޅާއި ތަރުކާރީކޮޅު ރަނގަޅަށް ކެއްކުނީމަ ހަނޑޫކޮޅު އަޅާފައި ހަނޑުލާއި މަސްކޮޅު ރަނގަޅަށް އެއްކޮށްލާށެވެ. ދެން ބާކީހުރި އެހެން ތަކެތި ތެލި ތެރެއަށް އަޅާފައި އެއްކޮށްލާށެވެ. ކުދިކުދި ބޮކިތައް އެރުމުން ތެލީގައި މަތި ޖަހާލާފައި އުނދުނުގެ ހޫނުމިން މެދުގިނިއަށް ބަދަލުކުރާށެވެ. ބަތްކޮޅު 20 މިނެޓް ވަންދެން ކައްކާއިރު އެއްވެސް ވަރަކަށް މަތިގަނޑު ނުނަގާށެވެ. 20 މިނެޓް ފަހުން ޕިލެފް ބަތްގަނޑު ހުންނާނީ ކާން ތައްޔާރުވެފައެވެ.