ކުރީގައި ބޭނުން ކުރަމުން ދިޔަ ފީޗާރްސްތަކަށާއި ވިންޑޯސް ގެ ޑިޒައިންނަށް ބޮޑެތި ބަދަލު ތަކެއް ގެނެސް މައިކްރޮސޮފްޓް ވިންޑޯޒްގެ އާ އަޕްޑޭޓާ އެކު ގެންނަން ނިންމައިފި އެވެ.
މި އަހަރު ފަހު ކޮޅު ގެންނަން ނިންމާފައިވާ މި ބަދަލުތަކެއް އަންނާނީ ވިންޑޯޒްގެ އައިކަންތަކަށެވެ. އެގޮތުން އެންމެ ކުރިން ބޭނުން ކުރަމުން ދިޔަ ވިންޑޯޒްގެ އައިކަންތައް ބަދަލުކޮށް މިޒަމާނުގެ ކުލަތައް ފެންނަ އައިކަން ބޭނުން ކުރަން ނިންމާފައިވާކަމަށް މައިކްރޮސޮފްޓުން ބުނެފައިވެއެވެ. އެގޮތުން ފޯލްޑާ/ބަޓަންސް/އޮޕްޝަން ފަދަ އެއްޗެހި އާ ބަދަލުތައް ފެންނާނެ އެވެ.
މައިކްރޮސޮފްޓުން ބުނި ގޮތުގައި ވިންޑޯސް 10 "ސަން ވެލީ" ގެ ދަށުން އަންނަ ބަދަލުތައް ވާނީ ވިންޑޯޒްގެ ޗާލުކަން އިތުރުކޮށް ބޭނުންކުރަން ވެސް ފަސޭހަކޮށްދޭނެ ހިތްގައިމު ބަދަލުތަކަކަށެވެ.
"ހަމަމިއާ އެކު ޑެސްކްޓޮޕާއި ޑޮކިއުމަންޓްތަކާއި ޑައުންލޯޑް ފޯލްޑާ ފަދަ އެއްޗެހީގެ ޑިޒައިނަށް އަންނަ ބަދަލުތަކާ އެކު ޔަގީނުން ވެސް ކުރިއަށް ވުރެ ބޭނުންކުރަން ފަސޭހަވާނެ." މައިކްރޮސޮފްޓުން ބުންޏެވެ.
