އުރީދޫ ނޭޝަނުން ފުރަތަމަ ފަހަރަށް ބާއްވާ އިންޓަރ ކޮލެޖް އީ-ސްޕޯޓްސް ޗެމްޕިއަންޝިޕް 2025 އަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޤައުމީ ފެންވަރުގެ ކޮލެޖިއޭޓް އީސްޕޯޓްސް މުބާރާތެވެ.

މިމަހުގެ 29 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ކޮލެޖް ޓީމުތަކަށް ދައުވަތު ދެނީ ތިން އީސްޕޯޓް ޓައިޓަލް ކަމަށްވާ: މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ 25 އިންނެވެ.

މި މުބާރާތުގައި ކޮންމެ ޓައިޓަލްއަކަށް 10،000 ރުފިޔާގެ އިނާމު ޕޫލެއް ވަނީ ކަނޑައަޅާފައެވެ. އުރީދޫ ނޭޝަންގެ މި އިނީޝިއޭޓިވް އަކީ ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް ބައިވެރިވުމަށް ބާރުއަޅާ އީސްޕޯޓްސްގެ ދާއިރާއިން ހަރުދަނާ މުޖުތަމައުތައް ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން ގެންދާ މަސައްކަތްފާހަގަކޮށްލެވޭ އިނިޝިއޭޓިވްއެކެވެ.

 

ގޭމް ޓައިޓަލްސް އަދި ބައިވެރި ވުމުގެ މައުލޫމާތު:

މޯބައިލް ލެޖެންޑްސް: ބޭންގް ބޭންގް• 

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)•

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 4 ކޮލެޖް ދަރިވަރުން•

ރަޖިސްޓްރޭޝަން: : ore.do/inter-college-mlbb

 

ޕަބްޖީ މޮބައިލް•:

މުބާރާތް ފެށުން: 29 މެއި 2025 (އޮންލައިން)• 

ޓީމް ކޮމްޕޮޒިޝަން: މަދުވެގެން 3 ކޮލެޖް ދަރިވަރުން• 

ރަޖިސްޓްރޭޝަން: ore.do/inter-college-pubgm

 

އީއޭއެފްސީ 25

މުބާރާތް ފެށުން: މެއި 30، 2025 (ފިޒިކަލް އިވެންޓް)• 

ޓީމް ކޮމްޕޮޒިޝަން: ހަމައެކަނި ކޮލެޖް ދަރިވަރުން•

ރަޖިސްޓްރޭޝަން: ore.do/inter-college-eafc

 

ރަޖިސްޓްރީކުރުމުގެ ސުންގަޑި: 25 މެއި 2025، 23:59• 

ފީ: ކޮންމެ ޓައިޓަލް އަކަށް 100 ރުފިޔާ• 

ކޮލެޖުން ތަމްސީލްކުރާ ލިޔުން• 

ކޮލެޖް ލޯގޯ•

ޓީމުތަކުން ރެޖިސްޓަރ ކުރާއިރު ކޮލެޖުން ބައިވެރިވުމަށް ކަޑައެޅިފައިވާ ދަރިވަރުންގެ ރިކުއަމަންޓް ފުރިހަމަ ކުރަންވާނެއެވެ

މި މުބާރާތަކީ ރާއްޖޭގައި އީސްޕޯޓްސް ގެ ކުރިއަރަމުން އަންނަ އެތުލީޓުންނަށް ޕްލެޓްފޯމެއް ގާއިމުކޮށްދީ، ބާރުވެރިކޮށް އާ މަގުތައް  ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ ނޭޝަންގެ ވިސްނުމުގެ ތެރޭގައި ހިމެނޭ މުބާރާތެކެވެ. 

މި މުބާރާތް އުރީދޫ ނޭޝަންގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް، އެކަމުގެ ތަފްސީލާއި ޓީމް ސްޓޭންޑިންގް އުރީދޫ ނޭޝަންގެ ސޯޝަލް މީޑިއާ ޗެނަލްތަކުން ލިބިގެންދާނެއެވެ.