މާބޮޑަށް ކަންކަމާއި މެދު ވިސްނާ ފިކުރުކުރުމަކީ ހާސްކަމުގެ ކޯރެއް އުފައްދާނެ ކަމެކެވެ. ހާސްކަމުގެ ވިސްނުމެއްގެ ދައުރެއްގައި ތާށިވެފައި އޮތްނަމަ،  ޖަޕާނުގެ ބައެއް ޒަމާންވީ އުކުޅުތައް އެކަމުން އަރައިގަތުމަށް އެހީތެރިވެދެއެވެ. މި އުސޫލުތައް ފޯކަސް ކުރަނީ ސާދާކަމާއި، ވިސްނުންތޫނުކަމާއި، ދިރިއުޅުމަކީ ތޮށަލި ދުޅައެއް ކަމަށް ގަބޫލުކުރުމުގެ ހަމައަށެވެ. އެމީހުން ހުށަހަޅަނީ ހަލަބޮލިކަމުގެ ތެރޭގައި ސިކުނޑިއަށް ހިތްހަމަޖެހުން ހޯދުމަށް ތާޒާ ގޮތްތަކެކެވެ. ބަލާލަމާ ހިނގާށެވެ.

  • އިކިގާއީ: އިކިގާއީއަކީ ތިބާގެ ދިރިއުޅުމަށް މާނަ ލިބޭ ކަންކަން ހޯދުމެވެ. އެއީ ލޯބިވާ ކަންކަމާއި، މޮޅު ކަންކަމާއި، ހުނަރު ތަރައްގީކުރުމާއި، މުސާރަ ލިބޭނެ ކަންކަން ދެނެގަތުމަށް އެހީތެރިވެދޭ ޖަޕާނުގެ ކޮންސެޕްޓެކެވެ. ތިމާގެ ދިރިއުޅުމުގެ މަޤްޞަދު ދެނެގަތުމުން މާބޮޑަށް ވިސްނުމުގެ ދައުރު ހަމަހިމޭންވާން ފަށައެވެ. ތިބާއަށް އިތުރަށް ހަމަޖެހުމެއް ލިބި، ފޯކަސް ކުރަންވީ ކަންކަން ސާފުވާނެ އެވެ.

ވާބީ-ސާބީއަކީ ނުފުރިހަމަކަމާއި ދިރިއުޅުމުގެ ވަގުތީ ހާލަތްތައް ފާހަގަކުރާ ޖަޕާނުގެ ފަލްސަފާއެކެވެ. އެއީ ތިބާގެ ކިބައިގައި ހުންނަ އުނިކަންތައް ނުވަތަ ބޭނުންނުވާ ސިފަތައް ބަލައިގަތުމަށް ހިތްވަރު ލިބޭ ކަމެކެވެ. ފުރިހަމަކަމަށް އަމާޒު ހިފުމުގެ ބަދަލުގައި، ދިރިއުޅުމުގެ ގުދުރަތީ ދައުރު (ލަފާނުކުރެވޭ އަދި އަބަދުވެސް ބަދަލުވާ) ކަންކަމުގެ އަގުވަޒަން ކުރަން ދަސްކޮށްދެއެވެ. މި ނުފުރިހަމަ ކަންކަމަކީ ދިރިއުޅުން މުއްސަނދިކުުރާ މާނަހުރި ނުކުތާތަކެއްކަމަށް ޖަޕާނު މީހުން ގަބޫލުކުރެއެވެ. 

ޝިންރިން-ޔޯކު ނުވަތަ “ފޮރެސްޓް ބޭތިން” އަކީ ގުދުރަތީ މާހައުލެއްގައި ވަގުތު ހޭދަކުރުމެވެ. ގޮނޑުދޮށް ފަދަ ހަމަހިމޭން ތަނެއްގައި މަޑުމަޑުން ފުންކޮށް ނޭވާލާ، ވަށައިގެންވާ މަންޒަރުތަކާއި އަޑުތަކާއި ވަސްތަކަށް ސަމާލުކަން ދޭށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގުދުރަތީ ތަންތަނުގައި ވަގުތު ހޭދަކުރުމަކީ ސްޓްރެސް ދަސްކޮށްދީ، ހާސްކަން ކުޑަވެ، ސިކުނޑި ތާޒާކޮށްދޭ ކަމެކެވެ. ގެއިން ބޭރަށް ފިޔަވަޅު އެޅުމުން ސިކުނޑިއަށް ވަރަށް ބޭނުންތެރި ބްރޭކެއް ލިބެއެވެ.

ކައިޒެންއަކީ ކަމެއް ދަސްކުރުމަށްޓަކައި ކޮންމެދުވަހަކު ކުދިކުދި ފިޔަވަޅުތައް އެޅުމުގެ އާދައެވެ. އެއީ ފުރިހަމަކަމަށްވުރެ ބޮޑަށް ކުދިކުދި ފިޔަވަޅުތަކުން ކުރިއެރުމަށް ހިތްވަރުދޭ ފަލްސަފާއެކެވެ. މާބޮޑަށް ފިކުރުކޮށްގެން “ވަޓްސް ނެކްސްޓް؟” ނުވަތަ ދެން ކުރިއަށް އޮންނަ ކަންކަމާއި ދޭތެރޭ ބޯގާނާކަށް ނުޖެހެއެވެ. ކައިޒެންއިން ހަނދާންކޮށްދެނީ އެ ހުރިހާ ކަމެއް އެއްފަހަރާ ހޯދަން އުޅެން ނުޖެހޭނެ ކަމެވެ. ބޮޑެތި ޕްލޭންތަކަށްވުރެ ކުދިކުދި ކުރިއެރުންތަކަށް ފޯކަސް ކުރުމުން، ހާސްކަން ކުޑަކޮށް،  ކުރިއެރުން ގެނެސްދޭނެ އެވެ.