ޓްވިމްބިޓް ޓެލެކޮމް އެވޯޑްސް 2025 ގައި އުރީދޫ މޯލްޑިވްސް އަށް ޓެލްކޯ އޮފް ދަ އިޔާ - ސްމޯލް މާކެޓްސްގެ ޝަރަފު ވިދި ވިދިގެން ދެވަނަ އަހަރު ލިބިއްޖެއެވެ.

ޓްވިމްބްޓް ޓެލެކޮމް އެވޯޑްސް އަކީ ތަފާތު މާކެޓް ސެގްމެންޓްތަކުގައި އިނޮވޭޝަން، ކަސްޓަމަރުންގެ ތަޖުރިބާ އަދި ޑިޖިޓަލް ޓްރާންސްފޯމޭޝަންގައި މޮޅު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުން ފާހަގަކުރާ އެވޯޑެކެވެ.

ސްމޯލް މާކެޓްސް ކެޓަގަރީގެ ވާދަކުރަނީ 2 މިލިއަނަށް ހަމަ ނުވާ ގައުމުތަކުގެ ޓެލްކޯ އޮޕަރޭޓާސް އެވެ.  މިއަހަރުގެ މުބާރާތުގައި އުރީދޫ މޯލްޑިވްސް އަށް މި ވަނަ ލިބިފައިވަނީ ދިރާގު (ރާއްޖެ)، ޑީއެސްޓީ (ބްރޫނާއީ)، ބޫޓާން ޓެލެކޮމް ފަދަ ޓެލެކޮމް ފަދަ ކުންފުނި ތަކާ ވާދަކޮށެވެ.

ވާދަވެރިކަން ބޮޑު މި ކެޓަގޮރީގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އިނޮވޭޝަން، އިންކްލޫސިވް ސަރވިސަސް އަދި ރާއްޖޭގެ ޑިޖިޓަލް މާހައުލު ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ވަނީ ފާހަގަކޮށްފައެވެ.

"ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ދަށުން 5ޖީ ފުޅާކުރުމާއި، އެމް-ފައިސާ މެދުވެރިކޮށް ފިންޓެކް އިނޮވޭޝަން، އޭއައި ޑްރިވެން ޑިޖިޓަލް އެކްސްޕީރިއަންސް އަދި މާނަހުރި ކޮމިއުނިޓީ އިނިޝިއޭޓިވްސްއަށް އެ ކުންފުނިން ކުރާ ސްޓްރެޓެޖިކް އިންވެސްޓްމަންޓްތަކަށް މި އެވޯޑު އަލިއަޅުވާލާފައިވެއެވެ

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ޖެހިޖެހިގެން ދެ ވަނަ އަހަރަށް މި އެވޯޑް ލިބުމަކީ ޓީމަށް ލިބުނު ފަޚުރެއް ކަމަށާއި ހަގީގަތުގައި ވެސް ދައްކުވައިދެނީ ދިވެހިރާއްޖެ ޑިޖިޓަލީ ކުރިއަރުވަން އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން މި އަގު ވަޒަންކުރަނީ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނާއި އަގުހުރި ކަސްޓަމަރުންނާއި ޕާޓްނަރުންނަށް، އެ ފަރާތްތަކުގެ ސަބަބުން އަޅުގަނޑުމެން ދެމުން އަންނަ ޚިދުމަތްތައް އިހުނަށްވުރެ ރަނގަޅުކޮށް، މިހާރަށްވުރެ ބޮޑަށް ގުޅިފައިވާ ޑިޖިޓަލް މޯލްޑިވްސްއެއް އުފެއްދުމަށް އަބަދުވެސް ހިތްވަރު ދޭތީ." އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ޑިޖިޓަލް ފަރަގުތައް ނައްތާލުމާއި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން އާންމު ދިރިއުޅުމުގެ ތަޖުރިބާތައް ރަނގަޅުކުރުމާއި، ގައުމީ ކުރިއެރުމުގެ މައި ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މަސައްކަތުގައި އުރީދޫ މޯލްޑިވްސް ދެމިއޮންނާނެ އެވެ