ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކޮށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެކްސް ޕްލެޓްފޯމްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނީ މެއި މަހުގެ ކަރަންޓު ބިލްތައް ތައްޔާރުކޮށްފައިވަނީ އަގުހެޔޮކުރެވިފައިވާ އައު ޓެރިފް ރޭޓްތަކަށް ކަމަށެވެ. އަދި މި ބަދަލާއެކު ކަރަންޓު ބިލް ދެއްކުމަށް ރައްޔިތުން ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ.

މީގެއިތުރުން، ކުރިއަށް އޮތްތަނުގައި ފޮނުވާ ހުރިހާ ކަރަންޓު ބިލްތަކެއްވެސް ތައްޔާރުކުރެވިގެންދާނީ އައު ޓެރިފް ރޭޓްތަކަށް ކަމުގެ ޔަގީންކަން ސްޓެލްކޯ އިން ވަނީ ދިފައެވެ.

ފާއިތުވި ދުވަސްތަކުގައި ކަރަންޓު ބިލްތަކުގެ އަގު ބޮޑުވެފައިވާ ކަމުގެ ޝަކުވާ ގިނަ ރައްޔިތުން ކުރަމުން އައި ހިނދު، ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ވަނީ ކަރަންޓުގެ އަގު ހެޔޮކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާފައެވެ.