20 ވަނަ އެމް ސެވަން ޔޫތް ކަޕް 2025 ގެ ފުރަތަމަ ދުވަހުގެ މެޗުތައް ބަގޭސް އެސްސީ އާއި ވަރިހަމަ ކާމިޔާބު ކޮށްފިއެވެ.
ހިތާދޫ ޔޫތް ވިންގްގެ ފަރާތުން އިންތިޒާމު ކޮށްގެން ބާއްވާ މުބާރާތުގައި މިފަހަރު ފަސް ޓީމް ވާދަކުރެއެވެ. މި މުބާރާތް ކުރިއަށް ދަނީ ލީގު އުސޫލުންނެވެ.
ރޭ ކުޅުނު ފުރަތަމަ މެޗުގައި ބަގޭސްއިން ބީކޭއެން ޔުނައިޓެޑް ބަލިކުރީ 7-0 އިންނެވެ. އެ މެޗުގައި ބަގޭސް ޓީމުން ގޯލްތައް ޖެހީ ޝައިބާން، ވިޝާހު،އާރިމް، އާޒިމް އަފްޒަލް، މުރުތަލާ އަދި ޒީދާނެވެ. މި މެޗުގެ ޕްލެއަރ އޮފް ދަ މެޗަށް ހޮވިފައިވަނީ ބަގޭސް އެސްސީ ގެ މުރުތަލާއެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ވަރިހަމައިން ޑީސީއެސްސީ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވަރިހަމައިގެ ރަޒާން ދެގޯލް ޖެހި އިރު ދެން ގޯލު ޖެހީ އެޓީމްގެ ޒައިންއެވެ. ޑީސީއެސްސީން ޖެހި ހަމައެކަނި ގޯލް ޖެހީ އެޓީމްގެ އަޖުވަދު އެވެ.
ވަރިހަމަ އަދި ޑީސީއެސްސީ ބައްދަލުކުރި މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ވަރިހަމަ ޓީމުގެ ރަޒާނެވެ.
ޔޫތް ވިންގ ޖަމިއްޔާއިން ބާއްވަމުން އަންނަ މި މުބާރާތުގެ މަގުސަދަކީ ރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި ފުޓްސަލްގައި ހުނަރުވެރި ޒުވާން ޖީލެއް އުފެދިގެން ދިއުމަށް ހިތްވަރު ދިނުމެވެ.
20 ވަނަ އެމް.ސެވަން ޔޫތް ކަޕް 2025 ގެ މެއިން ސްޕޮންސަރ އަކީ އެމް.ސެވަން ޕްރިންޓެވެ. ކޯ ސްޕޮންސަރ އަކީ ބ.ހިތާދޫ ކައުންސިލްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނާރަކީ ތީރު މީޑިއާއެވެ.
