ތައި ގްރީން ކަރީ ނޫޑުލް ސޫޕް
ބޭނުންވާ ތަކެތި
2 1/2 މޭޒުމަތީ ސަމްސާ ތައި ގްރީން ކަރީ ޕޭސްޓް
150 ގ. ބޯންލެސް ޗިކަން (1/2 އިންޗި ކިއުބަށް ކޮށާފައި)
2 ޖޯޑު ކައްކާފައިހުރި ނޫޑްލްސް
3 މޭޒުމަތީ ސަމްސާ ވެޖިޓަބަލް އޮއިލް ނުވަތަ ޕީނަޓް އޮއިލް
15 ބޭބީ އޮނިއަން
ސީ ސޯލްޓް
4 ޖޯޑު ޗިކަން ސްޓޮކް
ބްރޮކޮލީ
ގްރީން ޕީސް
ކެރޮޓެއްގެ އެއްބައި (ވަށްކޮށް ކޮށާފައި)
2-3 ލުނބޯ ފަތް
5-6 ބޭސިލް ފަތް
3/4 ޖޯޑު ކާށިކިރު
މިރުސް
ތައްޔާރުކުރާނެ ގޮތް
ނޮން ސްޓިކް ތަވައެއްގައި 2 މޭޒުމަތީ ސަމްސާ ވެޖިޓަބަލް އޮއިލް ހޫނުވުމުން ފިޔާ ރަތްކުރާށެވެ. އޭގެ ތެރެއަށް ކުކުޅުކޮޅާއި ސީ ސޯލްޓް އަޅާފައި ބޮޑު ގިނީގައި 2-3 މިނެޓަށް ކައްކާފައި ކުކުޅުކޮޅު ބޯތަށްޓަކަށް އަޅާފައި އެއްކޮށްލާށެވެ. 1 މޭޒުމަތީ ސަމްސާ ވެޖިޓަބަލް ތެޔޮކޮޅު، ކުކުޅު ކައްކަން ބޭނުންކުރި ތަވާ ތެރެއަށް ހޫނުކުރާށެވެ. އެ ތަވައަށް ގްރީން ކަރީ ހަވާދުކޮޅު އަޅާފައި 2 މިނެޓް ވަންދެން ރަނގަޅަށް ކައްކާށެވެ. އޭގެ ތެރެއަށް ޗިކަން ސްޓޮކް، ބްރޮކޮލީ، ކެރެޓް އަދި ލުނބޯ ފަތްކޮޅު އަޅާލާށެވެ. ސޫޕްކޮޅު ރަނގަޅަށް ކެއްކުނީމަ ކުކުޅާއި ގްރީން ޕީސް މީގެ ތެރެއަށް އިތުރުކުރުމަށްފަހު 4-5 މިނެޓް ވަންދެން ސޫޕްފޮދު ކައްކާލާށެވެ. އެންމެ ފަހު ކަމަކަށް ސޫޕް ތެރެއަށް މިރުސްވެސް އިތުރުކޮށްފައި ކުޑައިރުކޮޅެއް ވަންދެން ކައްކާލާށެވެ. ސޫޕް މިހާރު ހުންނާނީ ތައްޔާރުވެފައެވެ. ނޫޑުލްސް އަޅާފައިވާ ބޯތަށީގެ ތެރެއަށް ސޫޕް އަޅާލުމުން މި ރެސިޕީ މި ވަނީ ފުރިހަމަވެފައެވެ.
ނޯޓް:
މި ރެސިޕީގައި ބޭނުންކޮށްފައިވާ ތަރުކާރީގެ ބަދަލުގައި އެހެނިހެން ތަރުކާރީގެ ބާވަތްތައްވެސް ބޭނުންކުރެވިދާނެއެވެ. އަދި ނޫޑްލްސް ވަކިން ކެއްކުމުގެ ބަދަލުގައި ސޫޕް ތެރެއަށް ނޫޑްލްސް ބޮނޑި އަޅައިގެންވެސް ކެއްކިދާނެއެވެ.