އިއްޔެ ހަވީރު ބަގޭސް އެސްސީ އާއި ވާދަކޮށް މިދިޔަ އަހަރުގެ ޗެންޕިއަން ބަރާބަރު އެފްސީ ބަލިވެއްޖެއެވެ. ބަގޭސް އެސްސީ އާއި ބަރާބަރު އެފްސީ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 4-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު މުބާރާތުގައި މިހާތަނަށް ވާދަކުރި ދެ މެޗު ވެސް ކާމިޔާބު ކޮށް ކުރީ އަހަރުގެ ރަނަރ އަޕް ބަގޭސް އެސްސީ ވަނީ 6 ޕޮއިންޓް ހޯދާފައެވެ. ބަގޭސް އެސްސީ އާއި ބަރާބަރު އެފްސީ ބައްދަލުކުރި މެޗުގައި ބަގޭސް އެސްސީގެ  ޖަރޒީ ނަންބަރ 5 ޒީދާން ތިން ގޯލު ޖަހާ ހެޓްރިކް ހެދިއިރު އެނެއް ގޯލު ޖަހައިދިނީ މުހައްމަދެވެ. ބަރާބަރު އެފްސީގެ ގޯލްތައް ޖަހައިދިނީ ހުސައިން ސަރީފުއެވެ. ބަގޭސް އެސްސީ އަދި ބަރާބަރު އެފްސީ ކުޅުނު މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ބަގޭސް އެސްސީގެ  ޒީދާނެވެ.  

 އިއްޔެ ހަވީރުގެ އިތުރުން ރޭގައި މި މުބާރާތުގެ ދެ މެޗު ކުޅެވުނެވެ. ރޭގަގައި ކުޅެވުނު ފުރަތަމަ މެޗުގައި  ބީކޭއެން ޔުނައިޓެޑް އާއި ވާދަކޮށް ވަރިހަމަ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވަރިހަމަ ޓީމްގެ ގޯލްތައް ޖަހައިދިނީ މިންހާލު، ބަދީއު އަދި ޒައިންއެވެ.  

ރޭ ކުޅެވުނު ފަހު މެޗުގައި ބަރާބަރު އެފް ސީ ވަނީ ޑީސީއެސްސީ ގެ 3-0 އިން ބަލި ކޮށްފައެވެ. މި މެޗުގައި ބަރާބަރު އެފްސީގެ ގޯލްތައް ޖަހައިދިނީ ސަހުދާން ހުސައިން އަފްރާހު އަދި މުނީޒެވެ. މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ބަރާބަރު އެފްސީގެ ޖާރޒީ ނަންބަރ 9 މުނީޒެވެ.

މިއަދު ވެސް މި މުބާރާތުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވެއެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބަގޭސް އެސްސީ ބައްދަލުކުރާނީ ޑީސީއެސްސީއާއެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބީކޭއެން ޔުނައިޓެޑް ވާދަކުރާނީ ބަރާބަރު އެފްސީއާއެވެ. އަދި މިރޭ ކުޅޭ ފަހުމެޗުގައި ވަރިހަމަ ބައްދަލުކުރާނީ ބަގޭސް އެސްސީއާއެވެ. ބަގޭސް އެސްސީ އަދި ވަރިހަމަ ވަނީ އެ ދެ ޓީމު ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ.

20 ވަނަ އެމް.ސެވަން ޔޫތް ކަޕް 2025 ގެ މެއިން ސްޕޮންސަރ އަކީ އެމް.ސެވަން ޕްރިންޓެވެ. ކޯ ސްޕޮންސަރ އަކީ ބ.ހިތާދޫ ކައުންސިލްއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނާރަކީ ތީރު މީޑިއާއެވެ.