މަލާއީ ޑަމްޕްލިންސް ވިތް ޑައިނަމައިޓް ސޯސް ރެސިޕީ
ފުށްގަނޑަށް ބޭނުންވާ ތަކެތި
3 ޖޯޑު ފުށް
1 ސައިސަމްސާ ލޮނު
ފެން
މަލާއީ ޗިކަންއަށް ބޭނުންވާ ތަކެތި
500 ގ ކުކުޅު ހިމުންކޮށް ކޮށާފައި
1/2 ޖޯޑު ޔޯގަޓް
1 މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް
އިނގުރާއި ލޮނުމެދު ޕޭސްޓް
1 ސައިސަމްސާ ލޮނު
1 ސައިސަމްސާ ދިރި ޕައުޑާ
1 މޭޒުމަތީ ސަމްސާ ލުނބޯ
މިރުސް، ހިމުންކޮށް ކޮށާފައި
ޑެއަރީ ކްރީމް ނުވަތަ ކުކިން ކްރީމް 1/2 ޕެކް
1/4 ޖޯޑު ތެޔޮ
ޑައިނަމައިޓް ސޯސްއަށް ބޭނުންވާތަކެތި
1 ޖޯޑު މަޔޯނައިޒް
1/4 ޖޯޑު ސްރީރަޗާ ސޯސް
ޑެއަރީ ކްރީމް 1/2 ޕެކް
1 ސައިސަމްސާ މުގުރި އަސޭމިރުސް
ތައްޔާރުކުރާނެ ގޮތް
އެންމެ ފުރަތަމަ ޑަމްޕްލިންއަށް ބޭނުންވާ ފުށްގަނޑު ތައްޔާރުކުރާށެވެ. ދެން ޑަމްޕްލިން މަސްގަނޑު ތައްޔާރުކުރުމަށްޓަކައި ބޯތަށްޓަކަށް ކުކުޅު، ޔޯގަޓް، އަސޭމިރުސް، އިނގުރާއި ލޮނުމެދާއި ލޮނާއި ދިރިއާއި ލުނބޯ ހުތާއި މިރުހާއި ކްރީމް އަޅާފައި މަސްގަނޑު މޮޑެލާށެވެ. އެއަށްފަހު ތަވައެއްގައި ތެޔޮ ހޫނުކޮށްފައި މަސްގަނޑު ރަނގަޅަށް ކައްކާފައި އެއްފަރާތްކުރާށެވެ.
ސޯސްގަނޑު ތައްޔާރުކުރުމަށް ބޯތަށްޓަކަށް މަޔޮނައިޒް، ސްރީރަޗާ ސޯސް، ކްރީމާއި އަސޭމިރުސް އަޅާފައި އެއްކޮށްލާށެވެ.
ދެން ފުށްގަނޑު އެންމެ އެދެވޭ ސައިޒަށް ގުޅަޖަހާފައި ތުނިކޮށްލާށެވެ. ތުނިކުރާނީ ވަށް ބައްޓަމަށެވެ. ރޮށި ހުންނަވަރަށް ތުނިނުކުރާށެވެ. އެހެންނޫނީ ޑަމްޕްލިން މަސްގަނޑު އަޅާފައި ޑަމްޕްލިންކޮޅު ފެނަށް އެޅުމުން ހަލާކުވުން އެކަށީގެންވެ އެވެ. އެއަށްފަހު ކީމިޔާ ހަދަން ނުވަތަ ޑަމްޕްލިން ހަދަން ބޭނުންކުރާ މޯލްޑެއްގެ ތެރެއަށް މޯލްޑް އަޅާފައި މަސްގަނޑުވެސް އޭގެ ތެރެއަށް އަޅާށެވެ. ދެން ޑަމްޕްލިންކޮޅު ކައްކަންވާނީ އާވިންނެވެ. މިހާރު ޑަމްޕްލިން ހުންނާނީ ސޯސްއާއި ޖަހައިގެން ކާން ތައްޔާރުވެފައެވެ.