ރާއްޖެ އަކީ އާއްމުގޮތެއްގައި ހޫނު މޫސުމުގެ ދުވަސްތައް އިންތިހާއަށް އޮންނަ ގައުމަކަށްވުމުން އަޅުގަނޑުމެންގެ ގޭބިސީތަކުގައި ފިނިކުރުމަށް އެއަރކޮންޑިޝަން ފަދަ އާލާތްތައް ބޭނުންކުރެއެވެ. މީގެއިތުރުން، ކަރަންޓު އާލާތްތައް ބޭނުންކުރާއިރު ވެސް އާއްމުގޮތެއް ފަރުވާ ކުޑަކޮށްލެވޭ ބައެއް ކަންކަން އެބަހުރެ އެވެ. ވީމާ، ތިރީގައި މި ބަލާލަނީ ކަރަންޓު ބޭނުންކުރެވޭ މިންވަރު މަދުކޮށް، ކަރަންޓު ބިލް ކުޑަކުރުމަށް ސަމާލުކަންދޭންވީ ބައެއް ކަންކަމަށެވެ.
އެއަރކޮންޑިޝަން ބޭނުންކުރުން އެންމެ ފައިދާހުރި ގޮތަށް ބަދަލުކުރޭ - އޭސީތަކުން ވަރަށް ގިނަ ކަރަންޓު ބޭނުންކުރޭ. އޭސީ 24-26 ޑިގްރީ ސެލްސިއަސްއަށް ސެޓްކޮށް، ފިލްޓަރުތައް ގަވާއިދުން ސާފުކޮށް، އަދި ވީވަރަކުން ސީލިންގ ފަންކާ ބޭނުންކުރަން އާދަކުރޭ.
ހަކަތައިގެ ޚަރަދުކުޑަ އާލާތްތަކަށް ބަދަލުކުރޭ - ފްރިޖް، ދޮންނަ މެޝިން އަދި އެއަރކޮންޑިޝަން ގަންނައިރު އެންމެ މަތީ ދަރަޖައިގެ އެނަރޖީ ސްޓާރ ރޭޓިންގ ހުރި އާލާތްތައް ހިޔާރުކުރަމާ.
އެލްއީޑީ ބޮކި ބޭނުންކުރޭ - އާންމު ބޮކިތަކާ އަޅާބަލާއިރު އެލްއީޑީ ބޮއްކަށް ހަކަތަ ބޭނުންވާ ވަރު މާ މަދުވާނެ. އަދި، ދިގު މުއްދަތަކަށް އޭގެ ބޭނުންވެސް ކުރެވޭނެ.
ފެން ހޫނުކުރުން މަދުކުރޭ – ފެންވެރުމަށާއި، އެއްޗެހި ދޮވުމުގެ އިތުރުން ތަށި ދޮންނަން ފެން ހޫނުކުރުމަށް ގިނަ ޚަރަދެއް ހިނގާ. މި ކަންކަމުގައި ފެން ބޭނުންކުރާއިރު ވީހާވެސް ގިނައިން ހޫނު ފެނުގެ ބަދަލުގައި ހިހޫ ފެން ބޭނުންކުރޭ.
ބޭނުން ނުކުރާ ވަގުތުތަކުގައި އިލެކްޓްރޯނިކް އާލާތްތައް ކަރަންޓު ކަނޑާލާފައި ބަހައްޓަން އާދަކުރޭ - ސްޓޭންޑްބައި މޯޑުގައި ވިޔަސް، ޓީވީ އަދި ޗާޖަރު ފަދަ އާލާތްތަކުން ކަރަންޓު ބޭނުންކުރޭ. ވީމާ، ބޭނުންނުކުރާ ވަގުތުތަކުގައި މިތަކެތީގެ ސްވިޗް އޮފް ކޮށްފަ ބަހައްޓަވާ.
ކަރަންޓު ބޭނުންކުރާ މިންވަރު ގަވާއިދުން މޮނީޓަރކުރަމުން ގެންދަވާ - ސްޓެލްކޯއިން އެ ގޭބީސީއެއްގެ ކަރަންޓު ބޭނުންކުރާ މިންވަރު އޮންލައިންކޮށް ބެލޭނެ އިންތިޒާމްތައް ހަމަޖައްސާފައިވޭ. އަދި، ކަރަންޓު އެންމެ ފައިދާހުރި ގޮތަށް ބޭނުންކުރުމަށް މަޢުލޫމާތު ފޯރުކޮށްދެމުންގެންދޭ.
ޓެރިފް ރޭޓްތައް ބަލާ ޗެކްކުރޭ - ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) ގެ ކަރަންޓު ޓެރިފް ދެނެގަތުމުން އެ ގޭބިސީއެއްގެ ކަރަންޓު ބޭނުންކުރާ މިންވަރު ދެނެގަނެ، ކަރަންޓު ބޭނުންކުރުމުގައި އިގްތިޞާދުކޮށް، ނުރަނގަޅު އާދަތައް ބަދަލުކުރުމަށް އެހީތެރިވެދޭނެ.
އިރުގެ އަވިން އުފައްދާ ހަކަތަ ބޭނުންކުރޭ - ދިވެހިރާއްޖެއަށް ވަރަށް ގިނައިން އަވި ލިބޭތީ، ސޯލާ ޕެނަލްތައް ހަރުކުރުމުން ކަރަންޓު ވިއުގައަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް މަދުކުރެވޭނެ. ތިމާވެށްޓަށް ވެސް އެންމެ ރައްޓެހި، ކަރަންޓު ބޭނުންކުރުމުގައި އެންމެ ފައިދާހުރި ގޮތަކީ ސޯލާ ހަކަތަ އަށް އިސްކަންދިނުން. އެގޮތުން، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކަސްޓަމަރުންގެ ބިލްތައް ކުޑަކުރުމަށް އެހީތެރިވުމަށް އެކި ޕްރޮގްރާމްތައް ހިންގާ. އެފަދަ ޕްރޮގްރާމްތައް ނުވަތަ ސްކީމްތަކުގައި ބައިވެރިވުމުން ކަރަންޓު ޚަރަދު ކުޑަކުރުމަށް އެހީތެރިވެދޭނެ.