ތައި ސަންއިން ލޯ އެގްސް ރެސިޕީ
އިހުޒަމާނުގެ ތައިލޭންޑް މީހުންނަކީ އެމީހުންގެ އަންހެންދަރިންގެ ފިރިންނަށް ނުހަނު ކަމޭހިތާ މީހުންނެވެ. އަމިއްލަ ދަރިފުޅަށް ދޭހާ ލޯބި އެމީހުންނަށް ދެނީ ދަރިފުޅާއި ދޭތެރޭ ރަނގަޅަށް ކަންތައް ކުރާނެ ކަމުގެ އުންމީދުގައެވެ. ތައިލޭންޑް ދަނބި ދަރިންނަށް ހާއްސަކޮށް މޭޒުމަތީގައި ބޮޑު ސުފުރާއެއް އެތުރުމަކީ އެމީހުންގެ އާދައެކެވެ. ތައިލޭންޑް މީހުންގެ ޑެވިލްޑް އެގްސްގެ ފަހަތުގައިވާ ވާހަކައަށް ދެން ބަލަމާ ހެއްޔެވެ. މި ޑިޝްއަށް ސަންއިން ލޯ (ފިރިހެން ދަނބިދަރިފުޅު) ގެ ނަން ދިނުމުގެ ފަހަތުގައި ހާއްސަ މެސެޖެއްވާ ކަމަށް އެވޭލާ ތައިލޭންޑް މީހުން ކިޔާދެއެވެ. ނަމަވެސް މި ޑިޝްއަށް ނަން ދިނުމުގެ ފަހަތުގައިވާ މެސެޖް އެކި މީހުން ކިޔާދެނީ އެކި ތިއަރީތަކުންނެވެ. އެންމެ ގިނަ މީހުން ކިޔާދޭ ގޮތުގައި މި ޑިޝް އެންމެ ފުރަތަމަ އުފެއްދި މީހާ ބިސްތައް ތައްޔާރުކޮށްފައިވަނީ ދަނބިދަރިފުޅު، ދަރިފުޅަށް އަޅާލުން ދިނުން ކުޑަކުރުމުން ދިން އިންޒާރެއްގެ ގޮތުގައެވެ. ތައި ސަން އިން ލޯ އެގްސް ނުވަތަ "ކައި ލުކް ކްޙާއި"ގެ ޑީޕް ފްރައިޑް ބިހުގެ ރަން ކުލައަކީ ހާއްސަކޮށް ރަންކުލައިގެ ސޯސްއެއްގައި ކޯޓް ކުރާއިރު ރަން ރަމްޒުކޮށްދޭ ކަމެކެވެ. ތައިލެންޑްގެ ސަގާފަތުގައި މިއީ މުއްސަނދިކަމުގެ ރަމްޒީ ތަމްސީލެއްގެ ގޮތުގައި ދެކިދާނެ ކަމަށް ވެއެވެ. މިއީ އަންހެން ދަރިފުޅުގެ ފިރިމީހާއަށް ނަސީބުހުރި ކެއުމެއްގެ ގޮތުގައި ތައިލޭންޑް މީހުން ސިފަކުރެއެވެ.
އެެއާއި ހިލާފަށް އެއްބަޔަކު ގަބޫލުކުރާ ގޮތުގައި މި ޑިޝް ވުޖޫދުކުރީ އެވޭލާ ޒަމާނުގެ ތައިލޭންޑް ފިރިހެނެއް އޭނާގެ މައިދައިތަގެ ރުހުން ހޯދަން މަސައްކަތް ކުރުމުގެ ތެރެއިންނެވެ. އެއާއިއެކު މި ޑިޝްއަށް ފިރިހެން ދަނބިދަރިފުޅުގެ ނަން ދެވުނެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިއީ ދަނބިދަރިފުޅާއި ބަފާބެއާއި ދެމެދު އޮތް ނުރުހުންވުން ފިލުވުމަށް ދަނބިދަރިފުޅެއް އުފެއްދި ރެސިޕީއެއް ކަމަށްވެއެވެ.
ބޭނުންވާ ތަކެތި
6 ބިސް
ވެޖިޓަބަލް އޮއިލް (ބިސް ތެލުލުމަށް)
3 މޭޒުމަތީ ސަމްސާ ސިލޭންތްރޯ ފަތް
ތެލުލާފައިވާ ޝެލޮޓްސް
ކޮށާފައިވާ ބާޑްސް އައި ޗިލީ
ސޯސްގަނޑު ތައްޔާރުކުރުމަށް
200 ގ ޕާމް ޝުގާ
1/4 ޖޯޑު ފެން
1 1/2 މޭޒުމަތީ ސަމްސާ ފިޝް ސޯސް
2 މޭޒުމަތީ ސަމްސާ ހެލެބެލި
1 ލެމަންގްރާސް ހިމުންކޮށް ކޮށާފައި
1/2 ސައިސަމްސާ ހިކިމިރުސް ހިމުންކޮށް ކޮށާފައި
ތައްޔާރުކުރާނެ ގޮތް
ސޯސް ހެދުމަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ތަވައެއްގައި މެދު ހޫނުމިނެއްގައި 5 މިނެޓް ވަންދެން ކައްކާށެވެ. ހޫނުވުމުން ލެމަންގްރާސްކޮޅު އޭގެ ތެރެއަށް އަޅާށެވެ. އަދި ތަށްޓަކަށް މި ސޯސް އަޅާފައި ފަހުން ބޭނުންކޮށްލުމަށްޓަކައި އެއްފަރާތްކޮށްލާށެވެ. (ފިނިވާވަރަކަށް ސޯސްގަނޑުގެ ދިޔާކަން ގެއްލޭނަމަ، ސާރވް ކުރުމުގެ ކުރިން ކުޑަކޮށް ފެން އަޅާފައި ހޫނުކޮށްލާށެވެ).
5 މިނެޓް ވަންދެން ބިސް، ފެނު ކައްކާށެވެ. ބިސް ތޮށި ނޮޅާލުމަށްފަހު ބިސް ތެލުލުމުގެ ކުރިން ބިހުގައި އެއްވެސް ވަރަކަށް ފެނުގެ އަސަރެއް ނެތްކަން ޔަގީންކުރާށެވެ. ތަވައެއް ނުވަތަ ތާސްއެއްގައި ތެޔޮފޮދެއް ހޫނުކުރާށެވެ. ތެޔޮފޮދު ހޫނުވުމުން ފަރުވާތެރިކަމާއެކު ބިސް އަޅާފައި 3-4 މިނެޓް ވަންދެން ނުވަތަ ބިހުގެ ބޭރު، ރަންކުލައިން ކްރިސްޕީ ވަންދެން ކައްކާށެވެ.
ސާރވް ކުރުމަށްޓަކައި ބިސް ދެބައިކޮށްފައި ތަށްޓެއްގައި ބަހައްޓާށެވެ. އެއަށްފަހު ސޯސްގަނޑު އޭގައި އުނގުޅާލާށެވެ. ތެލުލި ޝެލޮޓްސް އަދި ރެޑް ޗިލީ އޭގެ މަތީގައި ފަތުރާލާށެވެ. މި ބިސް މިހާރު ހުންނާނީ ތައްޔާރުވެފައެވެ. މިއީ ބަތާއި އެއްކޮށް ކާންވެސް ރަނގަޅު ސައިޑް ޑިޝްއެކެވެ.
ނޯޓް: ޕާމް ހަކުރު ނުލިބިއްޖެނަމަ އޭގެ ބަދަލުގައި ވަރަށް ކުޑަ ބްރައުން ޝުގާކޮޅެއް ނުވަަތަ ކުޑަ ހަކުރުކޮޅެއް ބޭނުންކުރެވިދާނެއެވެ.