ކޮންމެ މީހަކުވެސް ބައިވެރިއެއްގެ ފަރާތުން ބޭނުންވާނީ އަޅާލުމެވެ. ކޮންމެ ލޯބީގެ ގުޅުމެއްގައިވެސް އެންމެ ފުރަތަމަ އަޅާލުމުގެ ބައި ވަރަށް ބޮޑުވާނެއެވެ. އެހެނަސް ދުވަސް ގިނަ ވާވަރަކަށް ގިނަ ފިރިހެނުން ލޯބިވެރިޔާއަށް އަޅާލުން ދިނުމުގައި ފަރުވާ ކުޑަކޮށްފާނެއެވެ. މިފަދަ ފިރިހެނުންނަށް 'ނޯ' ޖެހުމުގެ ކުރިން އެމީހުންގެ އަމިއްލަ އެދުން ބޮޑުކަން ފިލްޓާ ކުރެވޭނެތޯ މަސައްކަތްކުރުމުގެ ހިތްވަރު އެބައޮތްތޯއެވެ؟ ހިތްވަރު ހުރިއްޔާ މިފަދަ ފިރިހެނުން ހަމަމަގަށް އެޅުވިދާނެއެެެވެ. އަމިއްލަ އެދުން ބޮޑުވުމުގެ ވެސް ވަކި ހައްދުތަކެއް އޮންނާނެއެވެ. އަމިއްލަ އެދުން ބޮޑުވުމުގެ ހައްދެއް ނެތިއްޔާ، އެފަދަ މީހަކާއި އެއްކޮޮށް ނޫޅެވޭނެއެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ އަހުލާގެއް ހުރި މީހެއް ވެއްޖެއްޔާ، އޭނާ ރަނގަޅު ކުރެވިދާނެއެވެ. އެފަދަ ފިރިހެނުންނާއި ދިމާވަނަމަ ތިރީގައިވާ 5 ސުވާލަށް ޖަވާބުދީބަލާށެވެ. ކޮންމެ ސުވާލަކަށް ޖަވާބުދޭއިރު، 1-10 ގެ ރޭޓިންއެއް ދޭށެވެ

1- ގޮތްދޫނުކޮށް ތިމާގެ ގޮތުގައި ކުރިއަށްދާ މީހެއްތޯއެވެ؟ 

2- ތިބާގެ އިހުސާސްތަކަށް ބީރު ކަންފަތްދޭ މީހެއްތޯއެވެ؟

3- ތިބާއަށް އަޅާލަނީ އޭނާއަށް ފައިދާވާ ފަހަރެއްގައިތޯއެވެ؟ 

4- ތިމާގެ ރީތިކަމާއި މުދަލާއި ވަޒީފާއަށް އެހެންމީހުން ދޭ ސަމާލުކަމަށް ފަހުރުވެރިވާ މީހެއްތޯއެވެ؟ 

5- އޭނާއަކީ މާ މޮޅު މީހެއް ކަމަށް ގަބޫލުކޮށް، އެހެން މީހުންނާ މެދު ރަނގަޅަށް ކަންތައް ކުރަނީ އޭނާގެ ފައިދާއަށްތޯއެވެ؟

މާކްސްއަށް ބަލާއިރު:

0-10 – އޭނާއަކީ އަމިއްލަ މީހާ ތިމާއަށް މާ ބޮޑަށް 'ފެނިފައި' ހުރި މީހެއް ނޫނެވެ. އަދި އޭނާއާއި އެއްކޮށް އުޅެން ފަސޭހަވެދާނެއެވެ.

11-17 – އޭނައަކީ މެދުމިނުގެ 'ނާސިސިސްޓިކް' މީހެކެވެ. އޭނާއާއި އެކީ އުޅެން ކޮންމެވެސް ވަރަކަށް އުނދަގޫވާނެއެވެ. 

18-25 – އޭނާއަކީ ވަރަށް ބޮޑަށް އަމިއްލަ އެދުމުގެ ބައި ބޮޑު މީހެކެވެ – ތިބާގެ ބޭނުންތަކުގެ ކުރިމަތީގައި އޭނާ އަބަދުވެސް އިސްކުރާނީ އަމިއްލަ އެދުމެވެ. 

ގިނަފަހަރާއި މާ މޮޅުވެގެން އުޅޭ ފިރިހެނުންނަށް ލިބޭނީވެސް 'ސެލްފް ލެސް' ނުވަތަ އެހެންމީހުންނާއި ދޭތެރޭ ވިސްނާ އަންހެނުންނެވެ. މިފަދަ ފިރިހެނަކާއި އެކީ ޒަވާޖީ ހަޔާތަކަށް ދިއުމުގެ ކުރިން އަމިއްލަ ނަފްސާއި ތިރީގައިވާ ދެ ސުވާލުކޮށްލަމާ ހެއްޔެވެ. 

“އަހަރެން، ހިތުގެ އަޑިން، އެއީ އަހަރެންގެ ފެންވަރު ކަމަށް ގަބޫލުކުރަންތަ؟”
"އެހެން މީހުންގެ މުހުތާދުތައް ފުއްދައިގެން ނޫނީ އަހަރެންގެ އަގުވަޒަން ނުކުރެވޭތަ؟"

މިފަދަ މީހަކާއި ކާމިޔާބު ގުޅުމެއް ބާއްވަން ބޭނުންނަމަ، އާންމުކޮށް އޭނާ ރައްޓެހި ނުވާ ވައްތަރުގެ އަންހެނަކަށް ވާށެވެ. އޭނާ 'ސައިޒު'ގައި ބަހައްޓާށެވެ. 

  • ކޮންފިޑެންސް : އޭނާ ބޮޑާހާކާ ބައެއް ފަހަރުތަކުގައި ހަނު ނުހުންނާށެވެ. އެ ޒާތުގެ މީހުންނަކީ އޯވާކޮންފިޑެންޓް މީހުންނެވެ. އެމީހުންނާއި އެއްވަރަށް ސާބިތުކަން ދައްކާ ހެދުމުން އޭނާ ތިބާގެ މުހުތާދުތައް ފުއްދާނެއެވެ. 

 

  • ބަހާއި އަމަލާއި ދިމާކުރުން: ތިބާ ބުނާ ބަހުގައި ހިފާށެވެ. ތިބާގެ ޒަރޫރީ ބޭނުންތައް ފުއްދައި ނުދެވޭ ވަގުތުތަކުގައި، ތަކުރާރުކޮށް، ހާލަތު ބަދަލު ނުވެއްޖެނަމަ ތިބާ އޭނާ ދޫކޮށްފައި ދާން ތައްޔާރަށް ހުރިކަން އަމަލުން ދައްކާށެވެ. ތިބާ ދެކެ ހަގީގަތަށް ލޯބިވާ މީހަކަށް ތިބާ އޭނާ ދޫކޮށްފައި ދާތަން ބަލަން ނުކެރޭނެއެވެ. 

  • އަމިއްލަ ނަފްސަށް ކަމޭހިތުން: ތިބާގެ ލޯބިވެރިޔާ އަމިއްލަ މީހާއަށް އިސްކަންދޭ ގޮތަށް ތިބާވެސް ބައެއް ކަންކަމުގައި އަމިއްލަ މީހާގެ ކަންކަމަށް އިސްކަންދޭށެވެ. ތިމާގެ ބޭނުންތައް ފުއްދައިދޭ ކާމިޔާބު ގުޅުމެއް ބޭނުންނަމަ އެކަން ކުރަން ޖެހެ އެވެ. އަމިއްލަ މީހާއަށް ވަގުތު ދިނުމާއި، އަމިއްލަ ބޭނުންތަކުގެ މިލްކުވެރިކަމާއި، މި ހުރިހާ ކަމެއް ތިބާގެ ކިބައިގައި ވާކަން ބައިވެރިޔާއަށް އަންގާށެވެ. ތިބާއަކީ އަމިއްލަ ކަންކަން މިނިވަންކަމާއި އެކީ ވެވޭ މީހަކަށް ވާން ޖެހެއެވެ.