ބޭނުންވާ ތަކެތި
ކަރީ ކަޓް ކުކުޅު - 1 ކޭޖީ
ލޮނު
1 ސައިސަމްސާ ރީނދޫ
1 މޭޒުމަތީ ސަމްސާ ޗިލީ ޕައުޑާ
1 މޭޒުމަތީ ސަމްސާ ހަނާކުރި ދިރި ޕައުޑާ
2 ސައިސަމްސާ މުގުރި އަސޭމިރުސް
5 މޭޒުމަތީ ސަމްސާ ލުނބޯ ހުތް
1/4 ޖޯޑު ސެސަމީ ސީޑް
4 މޭޒުމަތީ ސަމްސާ މަސްޓަޑް އޮއިލް
6 ލޮނުމެދު އަރި ގާނާފައި
2 މޭޒުމަތީ ސަމްސާ އިނގުރު (ކޮށާފައި)
1 ފިޔާ ކޮށާފައި
2 ތޮޅި މިރުސް ކޮށާފައި
ބަޓާރ/ ގިތެޔޮ
ތައްޔާރުކުުރާނެ ގޮތް
ލޮނާއި ރީނދޫލާއި މުގުރި މިރުހާއި ދިރިއާއި އަސޭމިރުހާއި ލުނބޯ ބޭނުންކޮށްގެން ކުކުޅު ރަނގަޅަށް މެރިނޭޓް ކުރާށެވެ. އެއަށްފަހު 20 މިނެޓް ވަންދެން ކުކުޅު އެއްކައިރީގައި ބަހައްޓާށެވެ. ތަވައެއްގެ ތެރޭގައި ސެސަމީ ސީޑް ހަނާކުރާށެވެ. ދެން އެ ސެސަމީ ސީޑާއި އެކީގައި މަސްޓަޑް ތެޔޮ، އިނގުރު، ލޮނުމެދު، މިރުސް އަދި ފިޔާ މިކްސްޗަރަށް އަޅާފައި ޕޭސްޓަކަށް ހަދާށެވެ. އެކަމަކު އޭގެ ތެރެއަށް އެއްވެސް ވަރަކަށް ފެން އަަޅައިގެން ނުވާނެއެވެ. ކުކުޅުކޮޅުގައި މި ޕޭސްޓް ރަނގަޅަށް ހާކާލާށެވެ. އަނެއްކާވެސް 30 މިނެޓް ވަންދެން ކުކުޅު މެރިނޭޓް ކުރަން އެއްކައިރީގައި ބަހައްޓާށެވެ. ދެން އަވަނުގެ ހޫނުމިން 180 ޑިގްރީ ސެލްޝިޔަސްގައި ބެހެއްޓުމަށްފަހު ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާފައި 30 މިނެޓް ވަންދެން ނުވަތަ ކުކުޅު ރަނގަޅަށް ފިހެވެންދެން އަވަނުގައި ބަހައްޓާށެވެ. ކުކުޅު ފިހެ ނިމުމުން އޭގެ މަތީގައި ބަޓަރ ނުވަތަ ގިތެޔޮކޮޅެއް ހާކާލާށެވެ.