އިސްރާއިލާއި އީރާނާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތަކުގައި ދެގައުމަށްވެސް ދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އިސްރާއީލަކީ މީގެ ކުރިންވެސް ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާދިނުމުގެ ނުބައި ސަގާފަތެއް އޮތް ގައުމެކެވެ. އެގޮތުން ޣައްޒާގެ އެތައް ހޮސްޕިޓަލެއް އިސްރާއީލުން ވަނީ ތަޅާ ސުއްނާފަތިކޮށްފައެވެ. 

އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައިވެސް މި ވަނީ ހޮސްޕިޓަލުތައް އަމާޒަކަށް ހަދާފައެވެ. އެގޮތުން އީރާނުގެ ކަރުމަންޝާހު ހޮސްޕިޓަލްއަށް އިސްރާއީލުން ވަނީ ރޮކެޓު ހަމަލާއެއް ދީފައެވެ.

މި ހަމަލާގައި އެއްވެސް ބަލިމީހަކު ޝަހީދުވެފައި ނުވިނަމަވެސް ގިނަ ބަޔަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި ހޮސްޕިޓަލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިސްރާއީލުން ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާ ކަމީ މުޅި ދުނިޔެ ގަބޫލުކުރާ ހަގީގަތެކެވެ. އެއްމެންގެ ލޯ ކުރިމަތީ މިހިރަ މިހިރަ ކަންކަން އިސްރާއީލުން ތަކުރާރުކޮށް ކުރަމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާއި އަލިފުދާލާއި އެނޫންވެސް ދުނިޔޭގެ ސުލްހައަށް މަސައްކަޔް ކުރާ ޖަމާއަތްތައް އޮތީ ވާވެފައެވެ. އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކުގެ ކުރިމަތީގައި މުޅި ދުނިޔެ ކުޑަކަކޫ ޖަހާފައިވާ ކަމީ އިންސާނީ ނަސްލު މުޅި ދުނިޔެއަށް މަލާމާތް ކުރާ ކަމެކެވެ.