ދެހާސް ފަންސަވީސް ވަނަ އަހަރުގެ އޭޝިއާ ޕެސިފިކް ސްޓީވީ އެވޯޑްސްގައި އުރީދޫ މޯލްޑިވްސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެއެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް އަމާޒުކޮށްގެން ޒަމާނީ އަދި އީޖާދީ ޓެކްނޮލޮޖީތަކާއި ސޮލިއުޝަންތައް މެދުވެރިކޮށް ރާއްޖޭގެ ޑިޖިޓަލް މާހައުލު އަލުން ބައްޓަން ކުރުމުގައި އުރީދޫ މޯލްޑިވްސްގެ ދައުރު ފާހަގަކޮށް، އެކްސެލެންސް އިން އިނޮވޭޝަން އިން ޓެކްނޮލޮޖީ އިންޑަސްޓްރީޒްގެ ޝަރަފުވެރި ގޯލްޑް ސްޓީވީ® އެވޯޑް ވަނީ އުރީދޫ މޯލްޑިވްސް އަށް ލިބިފައެވެ.

މީގެ އިތުރުން އެ ކުންފުންޏަށް ވަނީ އިނޮވޭޓިވް އެޗީވްމަންޓް އިން ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ސިލްވާ ސްޓީވީ® އެވޯޑް އެއާ އެމްބިއުލާންސް އިނީޝިއޭޓިވްގެ އަށް ލިބިފަ އެވެ.

ދިވެހިރާއްޖޭގައި 2024 ވަނަ އަހަރު އަލަށް ފެށުނު އެއާ އމްބިއުލާންސް ޚިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔަގެ ހާއްސަ އިކުއިޕްމަންޓް އުރީދޫ މޯލްޑިވްސްއިން ވަނީ ދިވެހި ރާއްޖޭގެ ސަރުކާރަށް ހަދިޔާކޮށްފައެވެ. 

ޓެކްނޮލޮޖީގެ ކުރިއެރުމާއި، އިޖްތިމާޢީ ޒިންމާއަދާކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަތުމަކީ، ޙަޤީޤަތުގައިވެސް ލިބޭ ވަރަށޤ ބޮޑު ޝަރަފެއް. މި އެވޯޑްތަކަކީ އަޅުގަނޑުމެންގެ މުޅި ޓީމްގެ މަސައްކަތް ރަމްޒުކޮށްދޭ އަދި ވިސްނުންތެރިކަމާއެކު އިނޮވޭޓްކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ފައިދާވާނެ ކަންކަން އިސްކުރުމުން އަޅުގަނޑުމެންނަށް ޙާޞިލުކުރެވިދާނެ ކަންކަން ހަނދާން އާކޮށްދޭ އެވޯޑެކެވެ.

އޭޝިއާ ޕެސިފިކް ސްޓީވީ® އެވޯޑަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ 29 ގައުމެއްގައި މަސައްކަތުގެ މާހައުލުގައި އިނޮވޭޝަން ބަލައިގަންނަ ހަމައެކަނި ބިޒްނަސް އެވޯޑްސް އިނީޝިއޭޓިވް އެވެ. މި ކާމިޔާބީތަކާއެކު އުރީދޫ މޯލްޑިވްސް އިން ދަނީ ޑިޖިޓަލް އިނޮވޭޝަނާއި މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ލީޑަރެއްގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގާމު އިތުރަށް ހަރުދަނާ ކުރަމުންނެވެ