ބަޓަރ ޗިކަން އެމްޕަނާޑަޒް
މަސްގަނޑަށް ބޭނުންވާ ތަކެތި
ކުކިން އޮއިލް 3 މޭޒުމަތީ ސަމްސާ
350 ގ ބޯންލެސް ޗިކަން (ކުދި ކިއުބް ސައިޒަށް ކޮށާފައި)
ލޮނު
1 ސައިސަމްސާ މުުގުރި މިރުސް
ދިރި ޕައުޑާ 1/2 ސައިސަމްސާ
ބަޓަރ 1 މޭޒުމަތީ ސަމްސާ
1/2 ޖޯޑު ފިޔާ (މުގުރާފައި)
ލޮނުމެދާއި އިނގުރު ޕޭސްޓް (1 މޭޒުމަތީ ސަމްސާ)
ޓޮމާޓޯ ޕޭސްޓް (1 މޭޒުމަތީ ސަމްސާ)
ކޮތަނބިރި ޕައުޑާ 1/2 ސައިސަމްސާ
ގަރަމް މަސާލާ (ކިރިޔާ ރަހަލާވަރަށް)
3 މޭޒުމަތީ ސަމްސާ ކެޝޫނަޓް ޕައުޑަރ
1 މޭޒުމަތީ ސަމްސާ އޯބަތް ފަތް
5-6 މޭޒުމަތީ ސަމްސާ ފެން
2 މޭޒުމަތީ ސަމްސާ ކްރީމް
1/2 ޖޯޑު ޗެޑާ ޗީޒް (ގާނާފައި)
1/2 ޖޯޑު މޮޒަރެއްލާ ޗީޒް (ގާނާފައި)
ފުށްގަނޑު މޮޑެން ބޭނުންވާ ތަކެތި
2 ޖޯޑު ފުށް
1 ސައިސަމްސާ ލޮނު
1 1/2 ސައިސަމްސާ ހަކުރު
1 ބިހުގެ ރީނދޫ ބައި
4 މޭޒުމަތީ ސަމްސާ ބަޓަރ
ހޫނު ފެން 1/2 ޖޯޑު
މަސްގަނޑު ތައްޔާރުކުރާނެ ގޮތް
ތާސްއެއްގެ ތެރެއަށް ކުކިން އޮއިލް އެޅުމަށްފަހު ކުކުޅުކޮޅު ފިހެލާށެވެ. އޭގެ ތެރެއަށް ލޮނާއި މުގުރި މިރުހާއި ދިރި އަޅައިގެން 2-3 މިނެޓް ވަންދެން ގަދަ ގިނީގައި ކެއްކުމަށްފަހު މަސްކޮޅު ބޯތަށްޓަކަށް އަޅާފައި އެއްފަރާތުގައި ބަހައްޓާށެވެ. ދެން ހަމަ އެ ތާސް ތެރެއަށް ތެލާއި ބަޓަރ އެޅުމަަށްފަހު އުނދުން ޖައްސާލާށެވެ. ބަޓަރކޮޅު ވިރުމުން ފިޔާ ޕޭސްޓްކޮޅު ރަތްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ލޮނުމެދާއި އިނގުރު ޕޭސްޓްވެސް އަޅާފައި މިނެޓެއް ވަންދެން ކައްކާލާށެވެ. ދެން ޓޮމާޓޯ ޕޭސްޓާއި މުގުރި މިރުހާއި ކޮތަނބިރި ޕައުޑަރާއި ގަރަމް މަސާލާ ޕައުޑަރާއި ކެޝޫނަޓް ޕައުޑަރާއި އޯބަތް ފަތްކޮޅު އަޅާފައި ކައްކާލާށެވެ. ދެން ފެންފޮދެއް އެޅުމަށްފަހު 2 މިނެޓް ވަންދެން ހަވާދުކޮޅު ކައްކާލާށެވެ. ދެން ކުކުޅާއި ހަވާދު އެއްކޮށްލުމަށްފަހު އުނދުނުގެ ހުޅު ނިއްވާލާފައި ހަވާދުގަނޑު ތެރެއަށް ކްރީމްކޮޅުވެސް އަޅާލާށެވެ. ދެން އަލުން އުނދުން ޖައްސާފައި ތާސްގެ މަތި ޖަހާފައި 4-5 މިނެޓް ވަންދެން މަސްގަނޑު މަޑު ގިނީގައި ކައްކާލާށެވެ. ހަވާދުކޮޅު ފިނިވީމަ އޭގެ ތެރެއަށް ގާނާފައިވާ ޗީޒް އަޅާފައި ހަވާދުކޮޅު ބޯތަށްޓަކަށް އަޅާލާށެވެ.
މޮޑެފައިވާ ފުށްގަނޑު އޮމާން ވަންދެން ކުޑަ ތެޔޮކޮޅެއް ހާކާފައި އަލުން މޮޑެލާށެވެ. ދެން އޭގެއިން ގުޅަ ވަށާފައި ރޮށީގެ ބަށްޓަމަށް ފުށްގުޅަ ދަމާލުމަށްފަހު އޭގެ ތެރެއަށް މަސްގަނޑު އަޅާފައި ކީމިޔާ ހަދަން ގެންގުޅޭ ކްލިޕް ތެރެއަށް އަޅާފައި ކީމިޔާގެ ބައްޓަން ގެނުވާށެވެ. މި ކީމިޔާތައް 3 ގޮތަކަށް ތައްޔާރުކުރެވިދާނެއެވެ. ބޭނުންނަމަ ކީމިޔާތައް އެއާ ފްރަޔާ ނުވަތަ އަވަނުން ފިހެވިދާނެއެވެ. ނުވަތަ ތެލުލެވިދާނެއެވެ.
ނޯޓް: ބޭނުން ނަމަ ކީމިޔާ މަސްގަނޑު ތެރެއަށް އަލުވިވެސް އެޅިދާނެއެވެ.