މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީ-ސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ކުރެވިގެން ކުރިއަށް ގެންދެވޭ ޕަބްޖީ މުބާރާތެކެވެ.

އޮންލައިންކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީ-ސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތެވެ. 

މުބާރާތުގެ އޮނިގަނޑު އަދި ޓައިމްލައިން:

އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެކެވެ. މި ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސް އެވެ.

 

ރަޖިސްޓްރޭޝަން ތަފްސީލް 

ރަޖިސްޓްރޭޝަން ހުޅުވުން: 16 ޖޫން 2025

ރަޖިސްޓްރޭޝަންގެ ފަހު ތާރީހު: 4 ޖުލައި 2025

 

ޕްރައިޒް ޕޫލް

މުޅިއަކު 50،000 ރުފިޔާގެ ޕްރައިޒް ޕޫލް ހިމެނޭ މި މުބާރާތުގައި ބަހާލެވިފައިވަނީ ތިރީގައިމިވަ ގޮތަށެވެ.

ޗެމްޕިއަން: 25،000 ރުފިޔާ

2 ވަނަ: 12،000 ރުފިޔާ

3 ވަނަ: 6،000 ރުފިޔާ

4 ވަނަ: 3،000 ރުފިޔާ

އެމްވީޕީ: 4،000 ރުފިޔާ

 

ބައިވެރިވުމުގެ ގައިޑްލައިން

ޓީމް ސައިޒް: ކޮންމެ ޓީމަކަށް މަދުވެގެން 6 ކުޅުންތެރިން ހިމަނަންވާނެ

ޓީމް ނަންދިނުން: އެއް ރަށަކުން ގިނަ ޓީމްތަކެއް ތިބިނަމަ، ޓީމް ނަންތަކުގައި ރަށުގެ ނަން (މިސާލަކަށް އޭބީސީ ކާށިދޫ، ޑީއީއެފް ކާށިދޫ) ހިމަނަންވާނެއެވެ.

ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުން ދެ ކުޅުންތެރިން ހިމެނިދާނެ އެވެ.

 

އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯކަލް ގޭމިން ކޮމިއުނިޓީތައް ފާހަގަކޮށް، ޒުވާނުންނާއި ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ތައް ފަހިކޮށްދޭ އިންކްލޫސިވް ޑިޖިޓަލް ސްޕޭސްތަކެއް އުފެއްދުމަށް އުރީދޫއިން ކުރާ މަސައްކަތުގެ ތެރެއިން މުހިންމު ބޮޅެކެވެ. މި މުބާރާތުގައި ގިނަ ރަށްތަކެއް ތަމްސީލުކުރާ ޓީމްތައް ބައިވެރިވާނެ ކަމަށް އުރީދޫން އުއްމީދުކުރެއެވެ.