އުރީދޫގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އިލްތިމާސް ކޮށްފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމީ ކޯވިޑް 19 ހުއްޓުވުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނާއި، ކަސްޓަމަރުން އަދި މުވައްޒަފުންގެ ރައްކާތެރިކަން މިވަގުތު ގާއިމުކުރުމަށް ކަމަށެވެ.

އެގޮތުން އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރ ކެއަރ ޚިދުމަތް ދޭ އުރީދޫ އެކްސްޕީރިއެންސް ސެންޓަރުތައް ބަންދުކޮށް ޑިޖިޓަލް ޒަރިއްޔާތައް މެދުވެރިކޮށް ހޯދުމަށް އެދޭ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. އަދި އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް އުރީދޫ ޚިދުމަތްތައް މެދުކެނޑުމެއްނެތި 24 ގަޑިއިރު އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އުރީދޫ އެޕް މެދުވެރިކޮށް ފޯރުކޮށްދެވޭ ޙިދުމަތްތަކުގެ ތެރޭގައި ޕްރިޕެއިޑް ރިޗާޖްކުރުން، އުރީދޫ ބިލް އަދި ޔުޓިލިޓީ ބިލްތައް ދެއްކުން، އޮންލައިންކޮށް ޝޮޕްކޮށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ޑެލިވެރީގެ ޚިދުމަތް މުޅިން ހިލޭ ދިނުން ހިމެނެ އެވެ. އަދި އެމް-ފައިސާ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވުމާއި 24 ކަސްޓަމަރ ސަރވިސްގެ ޚިދުމަތާއި ޕޯސްޓްޕެއިޑް އަދި ސުޕަރނެޓް ޕްލޭން އަޕްގްރޭޑް ކުރުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރެވިފައިވާ އުރީދޫ ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ބިލްތައް ދެއްކުމާއި ރީޗާޖް ކުރުމާއި އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާކުރުމުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އުރީދޫ އިން ވަނީ ބުނެފަ އެވެ.

އުރީދޫ ޑިޖިޓަލް ސެންޓަރުތައް ރާއްޖޭގެ ގިނަ ހިސާބުތަކެއްގައި މިހާރު ގާއިމް ކުރެވިފައިވެއެވެ. މީގެ ތެރޭގައި:

  1. އުރީދޫ ޑިޖިޓަލް ސެންޓަރ

ބޮޑުތަކުރުފާނު މަގު / މާލެ،

  1. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ

5-6 ނިރޮޅު މަގު / ހުޅުމާލެ.

  1. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ

ފެންފުވައް މަގު، މަދަދު / ޏ. ފުވައްމުލައް

  1. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ

އަމީނީ މަގު / ހދ. ކުޅުދުފުށި

  1. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ

ލިނކް ރޯޑް، ރީޖަނަލް ހޮސްޕިޓަލް ކުރިމަތި / ލ. ގަން

  1. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ

ޝަމްސުއްދީން ބޮޑުފަޑިވާރު، ތަކުރުފާނު މަގު / ސ. ހިތަދޫ

  1. އުރީދޫ އެކްސްޕީރިއަންސް ސެންޓަރ

ރަންނަބަނޑޭރި މަގު / ގދ. ތިނަދޫ

އުރީދޫ އެޕް އަދި ޑިޖިޓަލް ސެންޓަރުތައް މެދުވެރިކޮށް ލިބެންނެތް ޙިދުމަތަކަށް އެދިލެއްވުމަށް care@ooredoo.mv  އަށް މެއިލްކޮށްލަދެވާށެވެ.