އިންސާފަކީވެސް މަދުން ނަމަވެސް އެއްވަރުނުވާ ތިލަފަތެކެވެ. ލޯބީގެ އިންސާފުގެ ތިލަފަތުގެ ވާހަކަ ދެއްކުމުގެ ކުރިން ތި ލަވްސްޓޯރީގެ 'ރީކެޕް' އަކަށް ދަމާހެއްޔެވެ؟ އެންމެ ފުރަތަމަ ތިދެމީހުން ދިމާވަނީ އިއްތިފާގެއްގެ ތެރެއިންނެވެ. ދެވަނަ ދުވަހު އެކަކު އަނެކަކަށް ސިއްރުން ބަލާފައި ހިނިތުންވެވޭ ގޮތް ވިއެވެ. އެކަމަކު ތިބާގެ ހުންނަ ލަދުރަކިކަމުގެ ސަބަބުން ތިބާ އޭނާއަށް މާކަބޮޑު ސަމާލުކަމެއް ނުދެއެވެ. ދެން އޭނާ ތިބާގެ ޚިޔާލުގައި ޖެހި ތިބާގެ ލޯބި ހޯދަން އެތަކެއް މަސައްކަތެއް ކުރެއެވެ. ދުވަސްތަކަކަށްފަހު ތިބާ އޭނާގެ އިޝްގުގައި ޖެހެއެވެ. ދެން ތި 'ކްރަޝް' އެންމެ ފަހުން ލޯތްބަށް ބަދަލުވެއެވެ. އޭގެ ކުރިން ތިލަފަތް ބަރުވެފައި އޮތީ ތިބާގެ ކޮޅަށް ކަމަށް ބަލަމާ ހިނގާށެވެ. ދެން މިހިސާބުން މަޑުމަޑުން ތިލަފަތް އެއްވަރުވާން ފަށާނެއެވެ. ލޯބި ދުވަސްތަކަކަށްފަހު ތިލަފަތް އެނބުރެން ފަށާނެއެވެ. ތިލަފަތް ފިރިހެންމީހާގެ ކޮޅަށް ބަރުވުމުން ތި ލަވްސްޓޯރީ ސަޅި ހިސާބަކަށް ދޭތޯ ހެއްޔެވެ؟ ކައިވެންޏަކަށް ދިއުމުގެ ކުރިން ވަހުތާނެއްހެން އެނބުރޭ ފިރިހެނެއްގެ ކޮޅަށް ތިލަފަތް ނުއަނބުރާށެވެ.

 

ތިލަފަތް ތިބާގެ ކޮޅަށް ބަރުވިއިރު ހާލަތަކީ ކޮބާހެއްޔެވެ؟ ފުރަތަމަ ހޯދީ ތިބާގެ ފޯނު ނަންބަރެވެ. އޭނާ އަމިއްލައަށް މެސެޖުކޮށް ވާހަކައެއް ފަށާނެއެެވެ. ޑޭޓް ހަމަޖެއްސުމަށް އިޚްލާސްތެރި މަސައްކަތެއް ކުރެއެވެ. ތިބާ ދަންނަން ނުހަނު ޝައުގު ބަހައްޓާނެއެވެ. މި ހިސާބުން ތި ކަނެކްޝަން 3ޖީ އިން 4ޖީއަށް ބަދަލުވެއެވެ. ދެން ތިބާ މި ހިދުމަތަށް އިތުބާރު ކުރަން ފަށާނެއެވެ. 

ދުވަސްކޮޅެއް ފަހުން 4ޖީ ހިދުމަތް 3ޖީއަށް ބަދަލުވެއެވެ. ފޯނުގެ ހިމޭންކަން ބޮޑުވިއެވެ. އެކަމަކު އޭނާ އަދިވެސް ތިބާގެ ހިތުގައި އޮންނަން ބޭނުންވެއެވެ. އަދި ތިބާއަށްވެސް އެ ހިތުން ޖާގަ ދީފައި އޮތެވެ. 

ތަފާތު އަންނަން މެދުވެރިވީ ކީއްވެ ހެއްޔެވެ؟
  1. 'ސިންގަލް' އެކަމަކު 'މިންގަލް'ވާނެ ކަމުގެ ވިސްނުން ދޫކޮށްލުން: ތިބާގެ އަތުގައި ހުރިހާ ބާރެއް އޮތްއިރު ތިބާ އަބަދުވެސް ވިސްނީ އޭނާ ނޫން އެހެން ރަނގަޅު މީހެއްވެސް އަތުވެދާނެ ކަމަށެވެ. ތިބާގެ އެންމެ ފަހު ޗޮއިސްއަކީ އޭނާކަން ޔަގީންވާ ހިސާބުން ގޭމް ތި އޮތީ ނިމިފައެވެ. ތިބާ ފިރިހެނެއް ކިބައިން އުންމީދުކުރާ ކަންތައްތައް ނުލިބުނަސް ވަރިހަމަވާ ހިސާބުން އޭނާވެސް ކަންފަސޭހަ ކުރާނެއެވެ.

 

2- މާ ބޮޑަށް އަޅާލުން: ތިބާ އޭނާއާއި އެންމެ ފުރަތަމަ ދިމާވާއިރު އޭނާއަކީ ކާކުކަން ދެނެގަންނަން ވަގުތުކޮޅެއް ނަގާނެއެވެ. އޭނާއަށްވުރެ ކުރިން ތިބާ ލޯބި އިހުސާސްކޮށްފިނަމަ ދެން ތިބާ އެއްކަލަ ބޭނުންވީހާ ލަވްސްޓޯރީ މަތިން ހަނދާން ނައްތާލާނެއެވެ. އެކަމަކު އެއާއި ހިލާފަށް އޭނާ ތިބާ ދެކެ ގަޔާވިޔަސް ތިބާއަކީ އޭނާ ބޭނުންވާ ކަހަލަ އަސްލު ހުވަފެނުގެ ރާނީތޯ ބަލަން ވަގުތު ނަގާނެއެވެ. 

ފިރިހެނަކު، ވަގުތު ފާއިތުވަމުންދާ ވަރަކަށް، ތިބާ އޭނާއާއި ވަކިވުން ހުއްޓުވަން ބޭނުންނަމަ، ތިބާ ބޭނުންވާ ކަހަލަ ފިރިއަކަށްވާން މަސައްކަތްކުރަން ޖެހޭނެކަން އިހުސާސްކުރުވަން ވާނެއެވެ.