މިހާރުގެ ޒަމާނުގައި ގިނަ ބަޔަކު ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި ބޯތަލަވުމާއި އިސްތަށި ފޭބުން ހިމެނެއެވެ. މިކަމަކީ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ވެސް ވަރަށް ގިނަ ބަޔަކަށް އަސަރުކުރާ ކަމެކެވެ. ބޯތަލަވުމަކީ ގިނަ ފަހަރަށް އަމިއްލަ ފަރުވާކުޑަކަމުގެ ސަބަބުން ދިމާވާ ކަމަކަށްވާތީ، މިކަމަށް ސަމާލުވެ، އަވަހަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.

ބޯތަލަވުމުގެ މައިގަނޑު ސަބަބުތައް
ބޯތަލަވުމަށް މެދުވެރިވާ ގިނަ ސަބަބުތަކުގެ ތެރޭގައި ސްޓްރެސް، ފައިދާހުރި ކާނާ ނުކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ ވިޓަމިންތަކާއި މިނަރަލްސްގެ މިންވަރު މަދުވުން ހިމެނެއެވެ. އަދި ބޮލުގެ ހަންގަނޑަށް އެކަށީގެންވާ ފަރުވާ ނުދިނުންވެސް ހިމެނެއެވެ. މީގެ އިތުރުން، ކެމިކަލް ގިނަ ބާވަތްތަކުގެ ޝެމްޕޫ އަދި ކޮންޑިޝަނަރ ބޭނުންކުރުމާއި، ބޮލުގައި ގިނައިން ހޫނުގަދަ ސްޓައިލިން އާލާތްތައް ބޭނުންކުރުމަކީވެސް ބޮލުން އިސްތަށި ފޭބުމަށް މެދުވެރިވާ ސަބަބުތަކެވެ. ބޯ ދޮވުމާއި ސްޓައިލްކުރުމުގައި އިސްތަށިގަނޑަކީ ނާޒުކު އެއްޗެއްކަން ނުދަނެ، ގިނަމީހުން މާ ބާރަށް ފުނާ އަޅާ، ގޮށްޖެހޭ ގޮތަށް ބޯ ދޮންނަކަން ފާހަގަކޮށްލަންޖެހެއެވެ. 

އެއްބައިފަހަރުގައި ބޯތަލަވުމުގެ ފަހަތުގައި ސިއްހީ މައްސަލައެއް ހުރުން އެކަށީގެންވެއެވެ. ވަކިން ހާއްސަކޮށް އަންހެނުންނަށް ދިމާވާ ޕީސީއޯއެސްއާއި (މައްސަރު މައްސަލަ) ތައިރޮއިޑް މައްސަލައަކީ މިއީ ޒުވާން އަންހެނުންގެ ބޮލުން އާދަޔާހިލާފަށް އިސްތަށި ފޭބުމަށް މެދުވެރިވާ ހާލަތެކެވެ. 

ބޯތަލަވުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް
ބޯތަލަވުން ހުއްޓުވުމަށްޓަކައި އިސްތަށިގަނޑަށް ބޭނުންވާ މާއްދާތައް ކަމުގައިވާ ބަޔޮޓިން، ޕްރޮޓީން، އަޔަން، ޒިންކް އަދި ވިޓަމިން ބީ ކޮމްޕްލެކްސް ފަދަ މާއްދާތައް ހިމެނޭ ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. މީގެ އިތުރުން، ބޮލުގެ ހަންގަނޑު ސާފުތާހިރުކޮށް ބެހެއްޓުމާއި، ގުދުރަތީ ތެޔޮ ބޭނުންކޮށްގެން ބޯ މަސާޖުކުރުމަކީވެސް މުހިންމު ކަމެކެވެ.

ޑޮކްޓަރީ ފަރުވާގެ މުހިންމުކަން
ބޯކޮށް ބޮލުން އިސްތަށި ފައިބާނަމަ އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ. ޑޮކްޓަރުންނަށް މިކަމަށް ޚާއްޞަ ބޭސްތަކާއި ޓްރީޓްމަންޓްތައް ދެވިދާނެއެވެ. މީގެ ތެރޭގައި މިނޮކްސިޑިލް ފަދަ ބޭސްތަކާއި، ޕްލާޒްމާ ތެރަޕީ ފަދަ ފަރުވާތައް ހިމެނެއެވެ. އަދި ބައެއް ހާލަތްތަކުގައި ހޯމޯން ތެރަޕީއާއި ލޭޒަރ ތެރަޕީވެެސް ބޭނުންކުރެވިދާނެއެވެ.


ބޯތަލަވުމަކީ ފަރުވާކުޑަކުރުމުގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށްވާތީ، މިކަމަށް ސަމާލުވެ، އަވަހަށް ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ކާނާ ކެއުމާއި، އެކަށީގެންވާ ފަރުވާ ދިނުމާއި، ޑޮކްޓަރީ ލަފާ ހޯދުމަކީ މިކަމުން ސަލާމަތްވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެވެ. އަދި ހަމައެހެންމެ، މިކަމަށް ފަރުވާކުޑަނުކޮށް، އަބަދުވެސް ސަމާލުކަން ދިނުމަކީ މުހިންމު ކަމެކެވެ.