މަަސްތަކަކަށްފަހު މައިކްރޮސޮފްޓް ކުންފުނިން އަނެއްކާވެސް އެތައް ހާސް މުވައްޒަފުން ވަޒީފާއިން ކަނޑާލައިފިއެވެ.
އޭޕީ އިން ރިޕޯޓްކުރިގޮތުގައި މައިކްރޮސޮފްޓްގެ މުވައްޒަފުންތަކަކަށް އެކުންފުނިން ވަނީ ބުދަ ދުވަހުގައި ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް ފޮނުވާފައެވެ. މިއީ މައިކްރޮސޮފްޓުން އެކުންފުނީގެ އެހާ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރި ދެވަނަ ފަހަރެވެ.
ވަޒީފާއިން ވަކިކުރާނީ ކިތައް މީހުން ކަމެއް ބުނަން އެ ކުންފުނިން ދެކޮޅު ހެދި ނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިން އެ ކުންފުނީގައި މަސައްކަތްކުރި މުވައްޒަފުންގެ ނިސްބަތުން ހަތަރު އިންސައްތައަށްވުރެ މަދު އަދަދެއް މިފަހަރު ވަޒީފާއިން ވަކިކުރި ކަމަށް އެކުންފުނިން ބުނެފައިވެ އެވެ. މައިކްރޮސޮފްޓުން ބުނީ މިކަމުގެ ސަބަބުން ދުނިޔޭގައި ހިމެނޭ އެކުންފުނީގެ އެތައް ޓީމަކަށް އަސަރުކުރާނެ ކަމަށާއި އޭގެ ތެރޭގައި ސޭލްސް ޑިވިޝަނާއި އެކްސްބޮކްސް ވީޑިއޯ ގޭމް ވިޔަފާރި ހިމެނޭ ކަމަށެވެ. "އަޅުގަނޑުމެން ކުރިއަށް ގެންދަނީ ޑައިނަމިކް މާކެޓެއްގައި، ކާމިޔާބީއަށް ކުންފުންޏާއި ޓީމުތައް އެންމެ ރަނގަޅަށް ބައްޓަން ކުރުމަށް ބޭނުންވާ އޯގަނައިޒޭޝަނަލް ބަދަލުތައް ތަންފީޒު ކުރަމުން،" އެ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.
މައިކްރޮސޮފްޓުގައި މިދިޔަ ޖޫން މަހުގެ ނިޔަލަށް 228،000 ފުލްޓައިމް މަސައްކަތްތެރިން ވަޒީފާ އަދާކޮށްފައިވާއިރު، އެއީ އެންމެ ފަހުން އެކުންފުނީގެ މުވައްޒަފުންގެ އަދަދު ރިޕޯޓްކުރި ފަހަރެވެ. މިފަހަރު ގާތްގަނޑަކަށް 9000 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައިކްރޮސޮފްޓުން ރިޕޯޓްކޮށްފައި ވެއެވެ. އެންމެ ފަހުން މައިކްރޮސޮފްޓުން އެއްހަފަރާއި އެތައްހާސް މުވައްޒަފުން ވަޒީފާއިން ވަކިކުރީ މެއި މަހުއެވެ. އެ މަހު އެކަނި 6000 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވެއެވެ.