އެންމެންނަށްވެސް ރީތި އޯކިޑަކީ އެންޓާކްޓިކާ ނޫން ކޮންމެ ތަނެއްގައިވެސް ހެދޭ އެއްޗެއްކަން އެނގޭތޯއެވެ؟ އޯކިޑަކީ 30،000 ބާވަތްތައް ހިމެނޭ، ފަންގަސްގެ ޒަރީޔާއިން އުފެދޭ ތިޔާގި ގަހެކެވެ.
ވެނީލާ އައިސްކްރީމްގެ އަސްލު މަސްދަރަކީ އޯކިޑްކަން އެނގޭތޯއެވެ؟ އެއީވެސް ވެނީލާ ޕްލޭނިފޯލިއާ ނަމަކަށް ކިޔާ އޯކިޑް މަލަކުން ނަގާ އެއްޗެކެވެ. ވެނީލާ އޯކިޑްގައި މީރު ވަހެއް ހުއްޓަސް ބައެއް އޯކިޑްތަކުގައި ވަރަށް ކުނިވަސް ދުވައެވެ. ކޮންމެއަކަސް، ބައެއް އޯކިޑްތަކަކީ އެހާ ތިޔާގި ވައްތަރުތަކެއް ނޫނެވެ. މިކަހަލަ މަދު ބާވަތެއްގެ އޯކިޑްތަކަކީ ރެކޯޑް އަދަދަށް ވިއްކާލެވޭ ފެންވަރުގެ މަލެވެ. މިފަދަ އެއް މަލެއް 200،000 ޑޮލަރަށްވެސް ވިއްކާފައި ވެއެވެ.
ފިނި ނޫން ތަންތަނުގައި ހެދޭ މި މަލުގެ ބައެއް ބާވަތްތަކަކީ މަސްތަކެއް ވަންދެން އޭގެ ތާޒާކަން މޯޅިނުވާ މާތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.