ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ މިއީ 20 ރުފިޔާއިން މަތީން ރީލޯޑުކޮށްގެން ބައިވެރި ވެވޭނެ ޕްރޮމޯޝަނެއް ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ މިމަހުގެ ނިޔަލަށެވެ.

އިނާމުތަކުގެ ތެރޭގައި ޕްލޭސްޓޭޝަން 5 ސްލިމް އާއި ޑެލް ލެޕްޓޮޕާއި ސެމްސަންގް ގެލެކްސީ ޓެބް އޭ9 ޕްލަސްގެ އިތުރުން ކޮންސިއާޖް ގްރޫޕުން ދޭ 500 ޑޮލަރުގެ ބަޓިކް އެއާ ގިފްޓް ވައުޗަރު ހިމެނެއެވެ.

މި ޕްރޮމޯޝަނުގައި ދޭ 500 ޑޮލަރުގެ ބަޓިކް އެއާގެ ގިފްޓް ވައުޗަރު ހާސިލުކުރާ ނަސީބުވެރިޔާއަށް ބަޓިކް އެއާގެ އެކްސްކްލޫސިވް އޮތޮރައިޒްޑް ޖެނެރަލް ސޭލްސް އޭޖެންޓް (ޖީއެސްއޭ) ކޮންސިއާޖް ގްރޫޕް މެދުވެރިކޮށް ބުކިން ހެދުމަށް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ނަސީބުވެރި ފަރާތްތައް ހޮވުމަށް ހާއްސަ ގުރުއަތެއް އޮންނާނެ ކަމަށްވެސް ބުނެއެވެ.